އަބްދުއްރަހީމު ފުލުސް އޮފީހަށް ބަޔާން ދީފި
ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ، ފުލުސް އޮފީހަށް މިރޭ ހާޒިރުކޮށް، ބަޔާން ނަގައިފިއެވެ.
އަބްދުއްރަހީމް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނެގީ، ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލުހުކުމެއް އިއްވުމާއި ގުޅިގެން އެމައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހުތުރު ބަހެއް ވިދާޅުވި ކަމުގެ ތުހުމަތުގައެވެ.
އެ މައްސަލަ ފުލުހަށް ހުށަހެޅީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.
ފުލުސް އޮފީހަށް އަބްދުއްރަހީމް ހާޒިރުކޮށް، ބަޔާން ނަގާފައިވަނީ މިރޭ 8:00 ގައެވެ.
އަބްދުއްރަހީމް ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަމާ ގުޅޭ ގޮތުން ސުވާލުކޮށް، ބަޔާން ނަގާފައިވާ ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމު ވިދާޅުވީ ފަނޑިޔާރުންނަށް އިންޒާރުދީ އެބޭފުޅުންނަށް ބޭއަދަބީ ބަސްތައް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް