"މަޖިލިސް ބިލްތަކަށް ވޯޓުދޭނީ ދާއިރާ މީހުންނާ މަހަކު އެއްފަހަރު ބައްދަލުކޮށް ގަލޮޅު ދެކުނު ރައްޔިތުން ބޭނުންވާގޮތަށް"
26 މާޗް ގައި ބޭއްވުނު ޕީ.އެސް.އެމް ލައިވް ބަހުސްގައި ގަލޮޅު ދެކުނު ދާއިރާގެ މިނިވަން ކެނޑިޑޭޓް މިރްފަތު އިސްމާޢީލް ޝަފީޤް ވިދާޅުވެފައިވަނީ، މަޖްލިސް ބިލްތަކަށް ވޯޓްދޭނީ ދާއިރާ މީހުންނާ މަހަކު އެއްފަހަރު ބައްދަލުކޮށް ގަލޮޅު ދެކުނު ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.
ޕާޓީތަކަށް އަޅުދާސްތުވެ، ބައެއް މީހުން ވިޕްލައިން އާއި އެއްގޮތަށް ވޯޓުދޭއިރު، އެއީ ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތަށް ނުވެދާނެކަމަށްވެސް މިރްފަތު ވިދާޅުވިއެވެ.
މިގޮތުން، ކޮމޮންވެލްތު ބިލްގައި ވޯޓުދިނީ ރާއްޖެ ވަކިވުމަށެވެ. މީގެން، ބައިވަރު ސްކޮލަރޝިޕްތަކެއް ކެންސަލްވެ، ގިނަ އަދަދެއްގެ ކުދިންނަށް ކިޔަވަންލިބިފައިވާ ފުރުސަތު ގެއްލުނުކަމަށް ބަހުސްގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭރުމީހުންނަށް ބިންވިއްކާ ބިލަށްވަނީ މަޖްލިސް މެމްބަރުން ވޯޓު ދީފައެވެ. މިއީ ރައްޔިތުން އެދުނު ގޮތެއްވެސް ނޫންކަމަށް މިރްފަތު ވިދާޅުވިއެވެ.
ކުރިއަށްއޮތް މަޖްލިސް އިންތިޚާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނުދާއިރާގެ ކެނޑިޑޭޓް ނަމްބަރު 4 ވިދާޅުވީ، ދާއިރާގެ ރައްޔިތުން ވޯޓްދެއްވާއިރު، ވިސްނާފަ އެންމެ ކައިރިން ބައްދަލުކުރެވޭނެ މީހަކަށް ވޯޓުދެއްވުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް