މަސްޖިދުލް ހަރަމް-- ފޮޓޯ: އަޝަރްޤް އަލް އަސްވަތު
މަސްޖިދުލް ހަރަމް-- ފޮޓޯ: އަޝަރްޤް އަލް އަސްވަތު
ދުނިޔެ 06 Apr 2024 | 05:25

ރޭގައި މަސްޖިދުލް ޙަރަމްގައި ރޭއަޅުކަން ކުރުމަށް 2.5 މިލިއަން މީހުން!

ރޭ އަޅުކަން ކުރުމަށްޓަކައި ރޭގައި މައްކާގެ މަސްޖިދުލް ހަރަމަށް 2.5 މިލިއަން މީހުން އެއްވެއްޖެއެވެ.

މަސްޖިދުލް ހަރަމްގެ އިމާމް އބްދުލްރަހްމާން އަލް ސުދައިސް އިއްވި ޚާއްސަ ދުއާއަކުން ނިންމާލައިފައިވާއިރު، 27 ވިލޭރޭގެ ރޭ އަޅުކަމަށް ރޭގައި އެއްވި އުމްރާވެރިންނާއި އެހެން ފަރާތްތަކުގެ ސަބަބުން މައްކާގެ ހަރަމްފުޅާއި އަޅުކަން ކުރުމަށް ސައުދީ ސަރުކާރުން ފުޅާ ކުރި ބަޔާއި އެކު އެ ސަރަހައްދުގެ މަގުތައް ވެސް ވަނީ ފުރާލާފައެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް މިފަދައިން އެތައް މިލިއަން ބަޔަކު ރޭ އަޅުކަން ކުރުމަށްޓަކައި މަސްޖިދުލް ޙަރަމަށް އެއްވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން މިދިޔަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ވިލޭރޭ 2.5 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ރޭ އަޅުކަން ކުރުމަށްޓަކައި އެއްވެފައެވެ.

ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ރަމަޟާން މަހުގެ މަތިވެރި މައްސަރުގެ އަޅުކަންތައް ގިނަ ފަރާތްތަކަކަށް މަސްޖިދުލް ހަރަމްގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިއެވެ. މިގޮތުން އެކި ބަސްބަހަށް ތަރުޖަމާ ކޮށްފައި ހުރި ގުރުއާން ގެ ކޮޕީ ތައް މަސްޖިދުލް ހަރަމްގައި ބަހައްޓާފައިވާއިރު، މިސްކިތުގެ ސާފު ތާހިރު ކަމަށާއި، ވައި ދައުރު ވުމަށް ވެސް އެ އިދާރާ ތަކުން ވަނީ ވަރަށް ބޮޑު ސަމާލު ކަމެއް ދީފައެވެ.

ހަމަ އެއާއި އެކު، މަސްޖިދުލް ހަރަމް ގެ އެތެރޭގައި މީހުންނަށް ހަރަކާތްތެރިވުން ފަސޭހަ ކޮށްދިނުމަށް ޓަކައި، ސައުދީ ސަރުކާރުން ވަނީ 5000 ގޮލްފް ކާޓް ވެސް ބޭނުންކުރަން ފަށާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި
12 Oct 2026 ދުނިޔެ

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން،...

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
12 Oct 2026 ދުނިޔެ

އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ. ރާޖަޕަކްސާ އެޑްމިޓް ކުރެވުނީ ސިއްޙީ ކުއްލި ޙާލަތެއް މެދު...

ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް؛ ހަމަލާ ދިނީ އުމްރާވެރިން ބޯޓަށް އަރަން ދަނިކޮށް
12 Oct 2026 ދުނިޔެ

ހޫޘީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއާ ގުޅޭ ވީޑިއޯއެއް؛ ހަމަލާ ދިނީ އުމްރާވެރިން ބޯޓަށް އަރަން ދަނިކޮށް

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ދިން ހަމަލާގެ ވަގުތު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް އަލް ޢަރަބިއް...

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ
12 Oct 2026 ދުނިޔެ

ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާއަށް ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ހިމެނޭ

ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުނ...

ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
11 Oct 2026 ދުނިޔެ

ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ދިން ޓެރަރިސްޓް ހަމަލާގައި އުމްރާ ވެރީންނާއި ހަރަމްފުޅަށް ޒިޔާރަތްކުރި ބައެއް ފަރާތްތައް ޝަހީދުވެ، ބައެއް ފަރާތްތަކ...

ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
11 Oct 2026 ހަބަރު

ރިޔާދުގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަރނޭޝަނަލް އެއާޕޯޓަށް ހޫތީ ހަނގުރާމަވެރިން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެކަމުގެ ދިފާއުގައި ކުރާ މަސައްކަތުގައި ސައުދީ އ...

ސައުދީގެ ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
11 Oct 2026 ދުނިޔެ

ސައުދީގެ ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

ސައުދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ، 309 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން އެ ގައުމުގެ ސިވިލް އެވި...

ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
10 Oct 2026 ދުނިޔެ

ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި

ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއް އެއާލައިން، ސްރީލަންކަން އެއާލައިނުން ސައުދީގެ ވެރިރަށް ރިޔާދަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ. މިކަމާ ގުޅިގެން ސްރީލަންކަން އިން ބުނެފައިވަނީ ސައުދީއަ...