ސިންގަޕޫރ
ސިންގަޕޫރ
ދުނިޔެ 18 Jun 2024 | 06:51

ބޯޓަކުން ތެޔޮ ލީކުވެ، ސިންގަޕޫރުގެ އައްސޭރިފަށް ތަޣައްޔަރުވެއްޖެ

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

މިދިޔަ ހުކުރު ދުވަހު ސިންޕޫރުގެ ދެކުނު އައްސޭރިފަށާއި ކައިރީގައި ހިނގި ކަނޑުމަތީގެ އެކްސިޑެންޓަކަށްފަހު ގިނަ އަދަދެއްގެ ތެޔޮ ލީކުވެ، އެގައުމުގެ އައްސޭރިފަށް ތަޣައްޔަރުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބިންހިއްކުމަށް ބޭނުންކުރާ އުޅަނދެއްގެ އިންޖީނު ފެއިލްވެ، އޮޔާ ގޮސް ނަގިލި އަޅާފައިވާ ތެޔޮ ބޯޓެއްގައި ޖެހިގެންނެވެ. މި ހާދިސާގައި ތެޔޮ ބޯޓުގައި ބާގަނޑެއް ހެދި، ގިނަ އަދަދެއްގެ ތެޔޮ ކަނޑަށް ލީކުވިއެވެ. ސިންގަޕޫރުގެ ނޫސްތައް ބުނާ ގޮތުން ތެޔޮ ބޯޓުން ގާތްގަނޑަކަށް 400 ޓަނުގެ ތެޔޮ ވަނީ ލީކުވެފައެވެ.

ލީކުވެ ތެޔޮ އެސަރަހައްދުގެ ގޮނޑުދޮށަށް ލައްގަމުން ދާތީ ސިންގަޕޫރުގެ ދެކުނު އައްސޭރީގައިވާ ބީޗްތަކާއި ސެންތޯސާ ރިސޯޓްގެ ބީޗްތައްވެސް މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. ތެޔޮ ލީކުވުމުގެ ސަބަބުން އެސަރަހައްދުގެ ތިމާވެއްޓަށާއި ކަނޑުގެ ދިރުންތަކަށް ލިބުނު ގެއްލުން މިހާރު ދިރާސާކުރަމުންދާއިރު، ތެޔޮ ސާފުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މިމަސައްކަތުގައި ވޮލަންޓިއަރުންނާއެކު 1500 އަށްވުރެ ގިނަ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ސިންގަޕޫރުގެ ކަމާބެހޭ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި ތެޔޮ ލީކުވުމުގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަންނަން އަދި ދެތިން ހަފްތާ ނަގާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް