ފަހަތުން އަރާއި ޔުނައިޓެޑް މޮޅުވެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފަހަތުން އަރާއި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް މެނެޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެއެވެ. ޔުނައިޓެޑް މި މެޗުން މޮޅުވެފައިވަނީ ނިއުކާސަލް 2 ލަނޑު ޖަހާފަ އޮއްވަ ފަހަތުން އަރައި 3 ލަނޑު ޖަހައިގެންނެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މެޗުގައި ނިއުކާސަލްއިން ވަނީ ފުރަތަމަ 10 މިނެޓުތެރޭ 2 ލަނޑު ޖަހާއި ޔުނައިޓެޑާއި މޮރީނިއޯ ޕްރެޝަރަށް ވައްޓާލާފައެވެ. ނިއުކާސަލްގެ ލަނޑުތައް ޖަހާދީފައިވަނީ 7 ވަނަ މިނެޓުގައި ކެނެޑީ އަދި 10 ވަނަ މިނެޓުގައި މޫޓޫއެވެ.
ޔުނައިޓެޑް ކޮޅަށް 2 ލަނޑު ވަނުމާއެކު މޮރީނިއޯ ވަނީ ޑިފެންޑަރު ބެއިލީ ބޭލުމަށް ފަހު މަޓާ އަރުވާފައެވެ. މީގެ އިތުރުން މެކްޓޮމަނީގެ ބަދަލުގައި ފެލައިނީ ވަނީ ދެވަނަ ހާފަށް ކުޅެން ނުކުމެފައެވެ.
މި ބަދަލުތަކާއެކު ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދުމުގެ ނަތީޖާއަކަށްވީ ލިބުނު ހިލޭ ޖެހުމެއް ވަރަށް ރީތި ކޮށް ގޯލު ތެރެއަށް ވައްދާލާ ޔުނައިޓެޑްގެ ފުރަތަމަ ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބު ކުރުމެވެ. މި ހިލޭ ޖެހުން ގޯލް ތެރެއަށް ވައްދާލީ މަޓާއެވެ.

އޭގެ 5 މިނެޓު ފަހުން 76 ވަނަ މިނެޓުގައި ޕޮގްބާ ދިން ރީތި ޕާހަކުން މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނީ މާޝީއަލްއެވެ.
ޔުނައިޓެޑަށް މެޗު ކާމިޔާބު ކޮށްދިނީ އެންމެ ފަހު މިނެޓުގައި ޔަންގް ނަގައިދިން ހުރަހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތައި ކުޅެން އެރި ސަންޗޭޒެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް