ފަސް އަހަރުން ފަސް މިލިއަން ގަސް ޕްރޮގްރާމް: ސްޓެލްކޯއިން 50،000 އަށްވުރެ ގިނަ ގަސް އިންދައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފަށާފައިވާ "ފަސް އަހަރުން ފަސް މިލިއަން ގަސް" ޕްރޮގްރާމުގެ ދަށުން ސްޓެލްކޯއިން 50،000 އަށްވުރެ ގިނަ ގަސް އިންދައިފިއެވެ.
މި ޕްރޮގުރާމްގެ ދަށުން 500،000 ގަސް އިންދުމަށް ސްޓެލްކޯއިން ވަނީ އަމާޒުހިފާފައިވާއިރު، ސްޓެލްކޯއިން ވަނީ މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި 52،334 ގަސް އިންދާފައިވާކަން ހާމަކޮށްފައެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓެލްކޯއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް މަހަކު 8،340 ގަސް އިންދަމުންގެންދާ ކަމަށެވެ.
ފަހުމީ ވިދާޅުވީ، ރައީސް ޑރ.މުޢިއްޒު ކޮންމެ ވައުދެއްވެސް ވެވަޑައިގަންނަވަނީ ކައިރިއާ އަދި ދުރު މުސްތަޤުބަލުގައި އެއިން ރައްޔިތުންނަށް ކުރާނެ ފައިދާއަށް ބަލައިގެންކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް