ޕޮލިހުންގެ ތަރުޖަމާނަކަށް އަޙްމަދު ޝިފާން އައްޔަންކޮށްފި
މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާނު މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު އައްޔަން ކުރައްވައިފިއެވެ.
މިކަމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވެފައިވަނީ ސްޕޯކްސްޕާސަންގެ މަގާމަކީ އަޙްމަދު ޝިފާން މިހާރު އަދަކުރައްވަމުން ގެންދަވާ މަސްއޫލިއްޔަތުގެ އިތުރުން ހަވާލުކުރެވުނު މަސްޢޫލިއްޔަތެއް ކަމަށެވެ.
ޗީފް އޮފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިވަގުތު ހުންނެވީ ޕޮލިސް ކޮމިޝަނަރުގެ އޮފީހުގެ ހެޑުގެ ގޮތުގައެވެ.
މިއަދު ދިވެހި ފުލުހުންގެ ތަރުޖަމާނުގެ މަޤަމަށް މި އައްޔަންކުރެވުނު ޗީފް އޮފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާނަކީ ކުރީގެ ރައީސް ޔާމީން އަބުދުލް ޤައްޔޫމުގެ ވެރިކަމުގައިވެސް ދިވެހި ފުލުހުންގެ ތަރުޖަމާނުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އަހްމަދު ޝިފާން ފާހަގަކުރެވިފައިވަނީ ނޫސްވެރިންނާއި ވަރަށް ގާތުން މަސައްކަތްކުރާ ތަރުޖަމާނެއްގެގޮތުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް