އާޝިޔަތު އަލައިކާ އަދުނާން
އާޝިޔަތު އަލައިކާ އަދުނާން
ރިޕޯޓް 02 Apr 2024 | 09:49

ކުރީގެ ރަޢީސް ނަޝީދުގެ މަޖިލިސް ގޮނޑި ދިފާޢުކުރަން މިފަހަރު އަލައިކާ!

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ގޮނޑިއަށް މިފަހަރުުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ 5 ކެންޑިޑޭޓުން އެބަތިއްބެވެ.

އެއީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި، އަމިއްލަގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ އިތުރުން ދަ ޑިމޮކްރަޓްސް ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެކެވެ.

މިގޮތުން، ދަ ޑިމޮކްރެޓްސް ގެ ފަރާތުން މަޖިލީސް އިންތިޚާބަށް ވާދަކުރައްވާ މައްޗަންގޯޅި މެދު ދާއިރާގެ ކެންޑިޑޭޓަކީ އާޝިޔަތު އަލައިކާ އަދުނާން އެވެ. އަލައިކާ މިފަހަރުގެ މަޖިލީހަށް ކުރިމަތިލީ މިއަދު އެ ދާއިރާގެ ގޮނޑީގައި އިންނެވި ރައީސް ނަޝީދުގެ ގޮނޑި ދިފާޢުކުރަން ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫނެވެ.

ދާއިރާއެއްގެ ކެންޑިޑޭޓެއް ހޮވުމުގައި ބަލަންޖެހޭނީ ޕޯޑިއަމަށް އަރާފައި މޮޅެތި ސިޔާސަތުތަކެއް ހުށަހަޅާ ހުށަހެޅުމަކަށް ނޫނެވެ. އެނެމް މޮޅެތި ސިޔާސަތުތައް ހުށަހަޅައިގެން ގިނަފަހަރު ކަން ނުވެފައި އޮންނަނީއެވެ. އެ ސިޔާސަތުތައް ހުށަހަޅާ ފަރާތަކީ އެކަމަށް ކިހާ ޤާބިލު ފަަރާތެއްތޯ ރައްޔިތުން ވަރަށް ރަނގަޅަށް ބަލަން ޖެހެއެވެ.

އެ ދާއިރާއަކަށް ކުރިމަތިލާ ކެންޑިޑޭޓަކީ ރައްޔިތުންގެ ޙައްގުގައި މަޖިލީހުގައި ބަސްބުނަން ކެރޭ ފަރާތެއްތޯ ރައްޔިތުން ބަލަން އެބަޖެހެއެވެ. އަދި ހަމައެއާއެކު ކެންޑިޑޭޓެއްގެ ސިޔާސީ ހަޔާތުގެ އިތުރުން އެ ކެންޑިޑޭޓެއްގެ އާއްމު ދިރިއުޅުމާއި، ތަޢުލީމާއި ތަޖުރިބާ އާއި މިޒާޖު ފަދަ ކަންކަމަކީ ހަމައެކަނި ކެންޑިޑޭޓެއް ހުށަހަޅާ ސިޔާސަސުތަކަށް ވުރެން ބޮޑަށް ރައްޔިތުން ބަލަންޖެހޭ ކަންކަމެވެ.

އެގޮތުން، މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ދަ ޑިމޮކްރެޓްސް ކެންޑިޑޭޓް އަލައިކާއާއި ބެހޭ ތަޢާރަފެއް ޙިއްސާކޮށްލާނަމެވެ.

އާޝިޔަތު އަލައިކާ އަދުނާން، މއ.ތަބައްގެ، އަކީ އޭނާގެ މަންމައާއި ބައްޕައަށް ލިބުނު ހަތަރުވަނަ ދަރިއެވެ.

އޭނާއަކީ މީހުންނާ ގުޅޭ، ހިތްތިރި ވަރަށް މަޖާ މިޒާޖެއްގެ މީހެކެވެ. އަދި ހަމައެއާއެކު ރައްޔިތުންގެ ޙައްގުގައި ސާބިތުކަންމަތީ ހުންނަވާނެ ފަޚުރުވެރި ކެންޑިޑޭޓެއްވެސް މެއެވެ. ރައްޔިތުންގެ ފަރާތުން އިވެމުންދާ ޝަކުވާތަށް ކަނުލާ އަޑުއަހައި، އެ ޝަކުވާތަކަށް ޙައްލެއް ހޯދުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލީވެސް އަލައިކާއެވެ.

އަލައިކާ ޙާސިލުކޮށްފައިހުރި ތަޢުލީމީ ރޮނގުތަކަށް ބަލާލާއިރު، އަލައިކާ އަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން މާސްޓާސް ލެވެލަށް ކިޔަވާފައިހުރި މޮޅު ބޭފުޅެކެވެ.

އަލައިކާ ހާސިލުކުރި ތަޢުލީމުތަކުގެ ތެރޭގައި،

- ފައުންޑޭޝަން އިން ޕްރޮފެޝަނަލް ކޮމިއުނިކޭޝަން

- ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް

- ބެޗެލާޒް އިން ޕަބްލިކް މެނޭޖްމަންޓު (އޮނާޒް) - މެލޭޝިޔާގެ ލިންކޮލިން ޔުނިވާސިޓީން

- މާސްޓާޒް އިން މެނޭޖްމަންޓު ސައިންސް: ޕަބްލިކް ޕޮލިސީ, ޗައިނާގެ ޕެކިންގ ޔުނިވާސިޓީން ޙާސިލުކޮށްފައިވުމުގެ އިތުރުން

- ބެޗެލާޒް ޑިގްރީގެ އިތުރު ކޯހެއް (ޝަރީޢާ އެންޑް ލޯ) ވިލާ ކޮލެޖުން މިވަގުތު ކިޔަވަމުން އެބަގެންދެއެވެ.

އިސްވެދިޔަ ތަޢުލީމީ ރޮނގުތަކުންވެސް އަލައިކާ އެކި ރޮނގުތަކުން ތަޢުލީމުހުރި މިންވަރު އެނގިގެންދެއެވެ. އަލައިކާ އަކީ ހިނގަމުންމިދާ ކަންތައްތަކަށް ހަގީގީ ލޯ ހުޅުވާލާފައިވާ ބޭފުޅެއްކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ދަ ޑިމޮކްރެޓްސް ގެ ނާއިބު ރައީސްގެ ގޮތުގައި މިއަދު ހުންނެވި އަލައިކާ އަކީ ތަޖުރިބާގެ ގޮތުން ބަލާއިރުވެސް އެފަދަ ދެވަނައެއް ނެއް ތަޖުރިބާކާރެކެވެ.

އެކިއެކި ދާއިރާތަކުން އަލައިކާ ހޯދި ތަޖުރިބާތަކުގެ ތެރޭގައި:

- ހިއުމަން ރައިޓްސް ކޮމިޝަނުގެ ކޮމްޕްލެއިންޓްސް އޮފިސަރ

- އޮޑިޓާ ޖެނެރަލް އޮފީހުގެ ކޮންޕްލަޔަންސް އޮފިސަރ

- ރައީސް އޮފީހުގެ އެސިސްޓަންޓް ޑިރެކްޓާ

- ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ

- އޯޝަން ޓީވީ ނެޓްވޯކްގެ ޕްރޮޑިއުސާ އަދި ޕްރެޒެންޓާ

- ދަ ޑިމޮކްރަޓްސްގެ އިންޓެރިމް ކައުންސިލް މެންބަރެއްގެ އިތުރުން

- ދަ ޑިމޮކްރެޓްސް ގެ ނާއިބު ރައީސްވެސް މެއެވެ.

އަލައިކާގެ ސިޔާސީ ތަޖުރިބާތަކަކީވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އައި ތަޖުރިބާއެކެވެ. އަލައިކާ ސިޔާސީ ހަރަކާތްތަކާ ގުޅުނު ފަހުން ވަނީ، ޕާޓީގެ އޮނިގަނޑާއި ގަވާއިދުތައް އެކުލަވާލާ ތައްޔާރުކޮށްފައެވެ.

މީގެ އިތުރުން، ވޯޓަރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގުމާއި، ޕާޓީގެ ޕޮލިސީތައް އެކުލަވާލާ ތައްޔާރުކުރުމާއި، ކެންޕެއިން ޓްރެއިނިން ހިންގުމުގެ އިތުރުބް ކެންޕެއިންތައް ރާވާ ހިންގުމުގައިވެސް އަލައިކާ އިސްކޮށް އުޅުނެވެ.

އަލައިކާ އަކީ ޤާބިލު، ހަރުދަނާ ވިސްނުމެއް ގެންގުޅުއްވާ ބޭފުޅެކޭ ބުނަންޖެހެނީ މި ސަބަބުތަކަށްޓަކައެވެ. ރައްޔިތުން ދާއިރާއަކަށް މީހަކު އިންތިޚާބު ކުރާއިރު، އެއީ ކާކުތޯ، ހާސިލުކޮށްފައިވަނީ ކޮން ތަޢުލީމެއްތޯ ބެލުން ވަރަށް މުހިއްމެވެ. ރައްޔިތުން ގާތަށް ވޯޓަށް އަހަމުންދާއިރު، ޤައުމަށް މިވެނި ތަރައްޤީއެއް ގެންނާނަމޭ އަދި ބުންޏަސް އެ ތަރައްޤީ ގެންނާނަމޭ އެ ވިދާޅުވާ ކެންޑިޑޭޓަކީ ކިހާވަރެއްގެ ކެންޑިޑޭޓެއްތޯ ބަލަން އެބަ ޖެހެއެވެ.

އަލައިކާ އަކީ މި ހުރިހާ ކަމަކަށްވެސް އެންމެ އެކަށީގެންވާ ކެންޑިޑޭޓު ކަމާމެދު ޝައްކެއް ނެތެވެ.

މައްޗަންގޯޅި މެދު ދާއިރާގެ ރައްޔިތުންނަށް އަލައިކާ އެކުލަވާލާފައިވާ ސިޔާސަތުތަކަކީ، އޭނާއަށް ލިބިފައިވާ ޢިލްމާއި ޙިލްމާއި ތަޖުރިބާގެ އެހީގައި އެކުލަވާލާފައިވާ ސިޔާސަތުތަކެކެވެ.

ރައްޔިތުންނަށްޓަކައި ބަސްބުނަން ތައްޔާރަށް ހުރި އަލައިކާ އަކީ މި ދާއިރާއަށް ވާދަކުރައްވާ ފަސް ކެންޑިޑޭޓުންގެ ތެރެއިން ވާދަކުރައްވާ ހަމައެކަނި އަންހެން ކެންޑިޑޭޓެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް
05 Jun 2026 ހަބަރު

ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑިއާމެދު ސުވާލު އުފެދި އެ ރަށު ކައުންސިލް ހިންގުން ކައުންސިލްގެ ނާއިބަށް ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ. އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކޮށް ތި...

ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
03 Jun 2026 ހަބަރު

ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި

ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ. އެކަން އިލެކްޝަންސް ކޮމިޝަނުން ދެންމެ ވަނީ އިއުލާނު ކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ...

ދަ ޑިމޮކްރެޓްސްގެ ޓިކެޓް ބޭނުންވާ މެންބަރުންނަށް ހުޅުވާލައިފި، ފައިސާ ދައްކަން ޖެހޭނީ އަމިއްލައަށް
18 Jan 2026 ހަބަރު

ދަ ޑިމޮކްރެޓްސްގެ ޓިކެޓް ބޭނުންވާ މެންބަރުންނަށް ހުޅުވާލައިފި، ފައިސާ ދައްކަން ޖެހޭނީ އަމިއްލައަށް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 ގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް ފުރުޞަތު ހުޅުވާލައިފި އެވެ. ...

ސައިފްއާ ނާޒިމާ ވެސް ޑިމޮކްރެޓްސް ދޫކޮށްލާ އަލުން އެމްޑީޕީއާ ގުޅިއްޖެ
15 Dec 2025 ހަބަރު

ސައިފްއާ ނާޒިމާ ވެސް ޑިމޮކްރެޓްސް ދޫކޮށްލާ އަލުން އެމްޑީޕީއާ ގުޅިއްޖެ

އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްއާ ގުޅުނު މާލެ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރުން ކަމަށްވާ ސައިފް ފާތިހް އާއި މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު އެމްޑީޕީއާ އަލުން ގުޅިއްޖެ އެވެ. އެ ދެ ކައުންސިލަރުން ...

ޑިމޮކްރެޓްސްގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދިނުމަށްފަހު، އަލައިކާ އެ ޕާޓީން ވަކިވެއްޖެ
24 Jun 2025 ހަބަރު

ޑިމޮކްރެޓްސްގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދިނުމަށްފަހު، އަލައިކާ އެ ޕާޓީން ވަކިވެއްޖެ

ދަ ޑިމޮކްރެޓްސްގެ ނާއިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި، އާސިޔަތު އަލައިކާ އަދުނާން އެ މަޤާމުން އިސްތިއުފާ ދެއްވައި، ޕާޓީން ވަކިވެވަޑައިގެންފިއެވެ. އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އަލައިކާ އެކ...

ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުގެ ހަފްލާ ބާއްވަން ތަނެއް ނުދިން ކަމަށް ބުނެ މުލިއާގެ ކަންމަތީ ހަފްލާ ބާއްވަނީ
19 Jun 2025 ހަބަރު

ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުގެ ހަފްލާ ބާއްވަން ތަނެއް ނުދިން ކަމަށް ބުނެ މުލިއާގެ ކަންމަތީ ހަފްލާ ބާއްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް އެމްޑީޕީއާ ގުޅުން ފާހަގަކޮށް މަރުހަބާ ކިޔުމަށް ހަފުލާއެއް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ސަރުކާރުން ހުރަސް އ...