ޑިމޮކްރެޓްސްގެ ނާއިބުގެ މަގާމުގައި ހުންނެވި އަލައިކާ: ފޮޓޯ/ ދަ ޑިމޮކްރެޓްސް
ޑިމޮކްރެޓްސްގެ ނާއިބުގެ މަގާމުގައި ހުންނެވި އަލައިކާ: ފޮޓޯ/ ދަ ޑިމޮކްރެޓްސް
ހަބަރު 24 Jun 2025 | 09:32

ޑިމޮކްރެޓްސްގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދިނުމަށްފަހު، އަލައިކާ އެ ޕާޓީން ވަކިވެއްޖެ

ދަ ޑިމޮކްރެޓްސްގެ ނާއިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި، އާސިޔަތު އަލައިކާ އަދުނާން އެ މަޤާމުން އިސްތިއުފާ ދެއްވައި، ޕާޓީން ވަކިވެވަޑައިގެންފިއެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އަލައިކާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އޭނާއަށް ‏އިތުބާރުކުރައްވައި، ވޯޓުދެއްވައި، އަދި މަގާމުގައި ހުންނެވިއިރު އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

‏”މި ޕާޓީއަށް އަޅުގަނޑު ޚިދުމަތް ކުރި މުއްދަތުގައި، އަޅުގަނޑަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާގެ އަލީގައި އަޅުގަނޑަށް ކުރެވުނު އެންމެ މަތީ ދަރަޖައަކަށް، ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރުމަށް މަސައްކަތްކުރީމެވެ. އަޅުގަނޑާ ހަވާލުކުރެވުނު ކޮންމެ މަސްއޫލިއްޔަތަކާއި ވާޖިބެއް، އަދާކުރީ ހިތާއި ރޫހުންނެވެ“ އަލައިކާގެ ޕޯސްޓުގައި ވިދާޅުވިއެވެ.

‏”…އަޅުގަނޑާއެކު މި ދަތުރުގައި ބައިވެރިވި އެންމެހާ ޑިމޮރެޓުންނަށް ހިތުގެ ފުންމިނުން ޝުކުުރުވެރިވާ ހާލު ރަސްމީކޮށް ⁦‪ދަ ޑިމޮކްރެޓްސް އިން‬⁩ ވަކިވަމެވެ.“

އަލައިކާ ވިދާޅުވިއެވެ.

އަލައިކާ ޑިމޮކްރެޓްސްއިން ވަކިވެވަޑައިގެންފައުވާއިރު، އެ ޕާޓީން ދާދިފަހުން ވަނީ ޕާޓީގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް ގަރާރެއް ފާސްކޮށްފައެވެ. އަދި އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ގިނަ ފަރާތްތައް ރޭގެ ވަގުތެއްގައި ވަނީ އެމްޑީޕީއާ އަލުން ގުޅިފައެވެ.

އޭގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله ހިމެނިވަޑައިގަންނަވައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް
05 Jun 2026 ހަބަރު

ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑިއާމެދު ސުވާލު އުފެދި އެ ރަށު ކައުންސިލް ހިންގުން ކައުންސިލްގެ ނާއިބަށް ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ. އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކޮށް ތި...