ކާނަލް ނާޒިމްއާއި މައުމޫން ބައްދަލުކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް މައުމޫން އަބްދުލް ޤައްޔޫމް މެލޭޝިއާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އާއި ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ރައީސް މައުމޫންެގެ އާއިލާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އޭގެތެރޭގައި އަނބިކަބަލުން ނަސްރީނާ އިބްރާހިމް، ދުންޔާ އަދި ޔުމްނާ މައުމޫން ބައިވެރިވަޑައިގެންނެވިއެވެ. މީގެ އިތުރުން ނާޒިމް ގެ އަނބިކަބަލުން އަފާފް ވެސް ވަނީ ބައިވެރި ވަޑައިގެންފައެވެ.
މިވަގުތު ނާޒިމް ހުންނެވީ ބޭސްފަރުވާއަކަށް މެލޭޝިއާގައި ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ނާޒިމް މެލޭޝިއާގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުން ވަނީ ނާޒިމް ގެ މައްޗައްކޮށްފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒްކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް