މޫސުމަށް ސަމާލުވޭ: ބްރިޖް މަތީ ބުރުގާ އަށް ސަމާލުވޭ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިދުވަސްވަރަަކީ މޫސުމް ގޯސްވެ ގަދަވަޔާާއެކު ވިއްސާރަ ކުރަމުންދާ ދުވަސްވަރެއްކަމަށްވާތީވެ، ސިނަމާލެ ބްރިޖް އަދި ލިންކް ރޯޑްގައި ބުރުގާ އަޅުއްވައިގެން ދުއްވާ އެންމެހާ ފަރާތްތަކުން، ބުރުގާ ވަޔާގޮސް ހިނގާފާނެ ނުރައްކާތެރި ޙާދިޘާއަކުން ތިމާއާއި އަނެކާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށްޓަކައި ރައްކާތެރި އަދި ފުރިހަމަ ގޮތަކަށް ބުރުގާ އަޅުއްވައިގެން ދުއްވުމަށް ޓްރެފިކް ޕޮލިހުން އިލްތިމާސްކުރައްވައިފިއެވެ.
މިހާރަކަށް އައިސް މިފަދަ ނުރައްކާތެރި ހާދިޘާތައް އިތުރުވެ، ދުއްވާ ފަރާތްތަކަށް އެކިވަރުގެ އަނިޔާތަކާއި ގެއްލުން ލިބެމުން އަންނަކަމުގެ ޝަކުވާތައް ފުލުހުންނަށް ލިބެމުންދާތީވެ، މިފަދަ ނުރައްކާތެރި ކަންކަން އެންމެންގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކަމުގައި ފުލުހުން ހާމަކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް