އިންޒާރުތަކާއެކު އިލެކްޝަން ކޮމިޝަންގެ ހަތަރު މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރިޔާސީ އިންތިހާބު ވިލަރެސް ކުރުމުގެ އެންމެ އިސް ފަރާތް ކަމުގައިވާ އިލެކްޝަން ކޮމިޝަންގެ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންފިއެވެ.
މި ހަތަރު މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގަތީ ލިބެމުންދިޔާ އިންޒާރުތަކާ ހެދި ކަމަށްވެއެވެ. އިލެކްޝަން ކޮމިޝަންގެ ރައީސް ފިޔަވައި ބާކީ ތިއްބެވި ހަތަރު މެންބަރުން ތިއްބެވީ ޗުއްޓީގައި ކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ނިމި ދިޔަ ރިޔާސީ އިންތިހާބަށް ފަހު އެ ކޮމިޝަންގެ މެންބަރުންނަށް ދަނީ ވޯޓު އޮޅުވާލުމާ ރިޝްވަތުގެ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އަދި މިކަމާ ގުޅުންހުރި ބައެއް އޯޑިއޯ އާއި ފޮޓޯތައް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
މެންބަރުން ފިއްލެވީކަމަށް އަޑު ފެތުރިފައި ވީނަމަވެސް، އީސީގެ ރައީސް ވިދާޅުވާ ގޮތުގައި އެ މެންބަރުން ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް