މޯދީ ކުރެއްވި ޓްވީޓް ދިވެހި ބަހުގެ އެކަޑަމީގެ ޝުކުރު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޑިއާގެ ބޮޑު ވަޒީރު އިއްޔެ ދިވެހި ބަހުން ކުރެއްވި ޓްވީޓަކީ ދިވެހި ބަހުގެ އެކަޑަމީން ޝުކުރުވެރިކަމާއި ބަލައިގަންނަކަމެއް ކަމުގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝަރަފް ޢަލީ ވިދާޅުވެއްޖެއެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ވަނީ އެކަން ފާހަގަ ކުރައްވައި ފޭސްބުކް ގައި ސުއޫރު ފާޅުކޮށްފައެވެ.
އަޝްރަފްގެ ސްޓޭޓަސްގައި ވަނީ އާބާދީ ބޮޑު، ބާރާއި ނުފޫޒު ގަދަ ގައުމެއްގެ ވެރިޔަކު އޭނާގެ އަމިއްލަފުޅު ޓުވީޓަރ އެކައުންޓުން ދިވެހި ބަހުން ޓުވީޓު ކުރެއްވުމަކީ ދިވެހި ބަހުގެ މައްޗަށް ދުނިޔޭގެ އެތައް ލޮލެއްގެ ސަމާލުކަން ހުއްޓޭނެ ކަމެއްކަން ކަށަވަރު ކަމަށެވެ.

އަދި މިއީ ކުޑަ ކަމެއް ނޫން ކަމަށާއި ވަރަށް ބޮޑު ކަމެއް ގޮތުގައި އޭނަގެ ސްޓޭޓަސްގައި ފާހަގަ ކުރައްވާފައިވެއެވެ.
މީގެއިތުރުން އަޝްރަފް ވިދާޅުވީ މިއީ ޝުކުރުވެރިކަމާއެކު ބަލައިގަންނަން ޖެހޭނެ ކަމެއްކަމަށާއި ވަކީން ހާއްސަކޮށް ތާނަ އަކުރުން މެސެޖު ކުރެއްވިކަން މިއީ އަދުގެ ސުމޭކު ދުނިޔޭގައި ތާނައަށް އޮތް ފަހިކަން ހާމަވާ އަލިގަދަ ހެއްކެއް ކަމުގައިވެސް އަޝްރަފް ވިދާޅުވެފައިވެއެވެ.
އަދި ދިވެހި ބަހުން ޓުވީޓެއް ކުރެއްވީތީ މޯދީއަށް ނުހަނު އިހްލާސްތެރިކަމާއެކު އަޝްރަފް ވަނީ ޝުކުރު ދަންނަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް