ބްރިޖު މަތީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް؛ އަނިޔާވި އަންހެނަކަށް ފަރުވާދެނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބްރިޖް އެއަރޕޯޓް ޓޓްރެފިކް ލައިޓް ކައިރިން 2 ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މި ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ 12:57 އެހައިކަންހާއިރު ކަމަށެވެ.
އަދި މި އެކްސިޑެންޓްގައި، އެތަނުން އެއް ސައިކަލް ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާ އެއީ ދިވެހި އަންހެނެއް ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ދުއްވި މީހުންނަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށެވެ.
އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް