އަދިވެސް ރީއްޗޭ ބުނާތީ ހިތްހަމައެއް ނުޖެހޭ: ޝުޝްމީތާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އޭނާއަށް ލޯބިކުރާ ފަރާތްތަކުން އޭނާ އަދިވެސް ރީއްޗޭ ބުނާތީ ހިތްހަމަ ނުޖެހޭކަމަށް 1994 ވަނަ އަހަރު މިސް ޔުނިވަރސްކަން ލިބުނު ޝުޝްމީތާ ސެން ބުނެފިއެވެ. ރީއްޗޭ ބުނެ ނިންމާލުމުން ފުދޭނެކަމަށްވެސް ޝުޝްމީތާ ބުންޏެވެ.
އޭނާގެ އިންސްޓާގްރާމް އެކައުންޓް މެދުވެރިކޮށް ބުނި މިވާހަކަތަކުގައި އަންހެނުންނަށް ނިސްބަތްކޮށް އަދިވެސް ރީއްޗޭ ބުނުމަކީ ރީތިކަމަކީ ކޮބާކަމާއި ބެހޭގޮތުން މާބޮޑު އެއްޗެއް ނޭންގޭ މީހުން ބުނާ އެއްޗެއްކަމަށްވެސް ޝުޝްމީތާ ފާހަގަކޮށްފައިވެއެވެ.
އުމުރުން 42 އަހަރުގެ ޝުޝްމީތާގެ މިވާހަކަތަކަށް ވަނީ ގިނަ ބައެއްގެ ލޮތްބާއި ތަރުހީބު ލިބިފައެވެ.
ޕަބްލިކް ފޯރަމްތަކުންނާއި ފެޝަން ޝޯތަކުން މިހާރު އާންމުކޮށް ފެންނަ ޝުޝްމީތާ، އޭނާ މިހާރު ލޯބީގެގޮތުން ގުޅިގެން އުޅޭ 27 އަހަރުގެ ރޮހްމަން ޝޯލްއާއިއެކު ތާޖް މަހަލްއިން ވަނީ މިފަހުން އާންމުންނަށް ފެނިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް