ދިވެހިބަހުގެ އެކަޑަމީން 72 ދިވެހި ލަފުޒު އުފައްދައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދިވެހި ބަހުގެ އެކަޑަމީން 72 ދިވެހި ލަފުޒު އުފައްދާ އެ ލަފުޒުތައް އާންމުކޮށްފި އެވެ.
އެކަޑަމީން މިއަދު ވަނީ އެ ލަފުޒުތަކާއި އެ ލަފުޒުތަކުގެ މާނަތައް އާންމުކޮށްފަ އެވެ. އެކަޑަމީން ބުނި ގޮތުގައި މިއީ މިދިޔަ އަހަރު އުފައްދާފައިވާ ބަސްތަކެވެ. އަދި އެ ލަފުޒުތަކާއި ލަފުޒުތަކުގެ މާނަތައް ފާސްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އަލަށް އުފެއްދި ބަސްތަކުގެ ތެރޭގައި ޅެންފަރުވާ މި ލަފްޒާއި ފަތުރުވެހި އަދި މޫތު ފަދަ ލަފުޒުތައް ހިމެނެ އެވެ. ޅެންފަރުވާ އަކީ ޕޮއިޓްރީ ތެރަޕީގެ ދިވެހި ލަފްޒެވެ. ފަތުރުވެހި މިއީ ގެސްޓްހައުސްގެ ދިވެހި ލަފްޒެވެ. މޫތު އަކީ ޔޫރިންގެ ދިވެހި ލަފްޒެވެ.
ދިވެހި ބަހުގެ އެކަޑަމީން ވަނީ 2019 ވަނަ އަހަރު ދިވެހި ބަހުގެ އައު ލަފްޒުތައް ހެދޭނޭގޮތުގެ އުސޫލެއް އެކުލަވާލާފައެވެ. އެފަދަ އުސޫލެއް ހެދުމުގެ މައިގަނޑު ސަބަބަކީ އައު ލަފްޒުތައް ހެދުމުގައި ތަބާވާންޖެހޭ އިލްމީ ހަމަތަކާއި ގޮތްތައް ކަނޑައެޅުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް