ރާޅުގަނޑު ސާފުކުރަން ރާޅާއެޅުންތެރިން ނުކުންނަނީ
ސިނަމާލެ ބްރިޖް ހެދުމަށްފަހު ދަގަނޑު ހޮޅިތައްފަދަ ތަކެތި ރާޅުގަނޑު ސަރަހައްދުގެ މޫދުން ނަގައި ސާފުކޮށްފައިނުވާތީ، އެތަން ސާފުކުރަން ރާޅާއެޅުންތެރިން ނިންމައިފިއެވެ.
މީޑިޔާތަަކަށް މައުލޫމާތުދެމުން ރާޅާއެޅުންތެރިން ބުނީ އަންނަ ހޮނިހިރު ދުވަހުގެ ތެރޭގައި މި ހަރަކާތް ހިންގުމަށް ނިންމާފައިވަނީ މިތަން ސާފުކުރާނެކަމަށްބުނެ ދައުލަތުގެ އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ނުލިބުމުންކަމަށެވެ.
އެގޮތުން ބުރިޖްގެ މަސައްކަތް ކުރާ ފަރާތުން، މަސައްކަތް ނިންމާލުމަށްފަހު އެ ސަރަހައްދު އެއްކޮށް ސާފުކުރާނެ ކަމަށް ބުނި ކަމަށާއި، ނަމަވެސް އޭރު އެއްބަސްވި އެއްވެސް ގޮތަކަށް ކަންތައްތައް ކޮށްފައި ނުވާކަމަށް ރާޅާއެޅުންތެރިން ވަނީ ބުނެފައެވެ.
މި ކުނިތައް ނެގުމުގެ މަސައްކަތް އަމިއްލައަށް ކުރުމަށް ނިންމީ މުޅިތަނުގައި ދަގަނޑު ފަދަ ތަކެތި އޮތުމުން އެ ސަރަހައްދަށް ރާޅާއެޅުމަކީ ރައްކާތެރިކަމަކަށް ނުވާތީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް