ގާޑިއޯލާ ކައިރިން ޖެހުނީ ފުޓްބޯޅަ އަލުން ދަސްކުރަން: އޮންރީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އާސެނަލް ދޫކޮށް ބާސެލޯނާއަށް ބަދަލުވިއިރު ބާސެލޯނާގެ ކޯޗަކަށް ހުރި ޕެޕް ގާޑިއޯލާ ކައިރިން ޖެހުނީ ފުޓްބޯޅަ އަލުން ދަސްކުރަންކަމަށް ތިއަރީ އޮންރީ ބުނެފިއެވެ.
މެނެޗެސްޓަރ ސިޓިގެ މިހާރުގެ ކޯޗު ގާޑިއޯލާއާއި ބެހޭ ގޮތުން އޮންރީ ބުނެފައިވަނީ ގާޑިއޯލާ ކައިރި މީހަކު ނިދިގެން ވެއްޓުނަސް އޭނާ ފުޓްބޯޅައިގެ ވާހަކަ ދެއްކުން ހުއްޓާ ނުލާނެ ކަމަށެވެ.
އާސެނަލްގެ ލެޖެންޑް އޮންރީ މޮނާކޯގެ ކޯޗުގެ ގޮތުގައި ރަސްމީކޮށް އާންމުންނަށް ފެނުނު ނިއުސް ކޮންފަރެންސްގައި އިތުރަށް ގާޑިއޯލާއަށް ތަރުރީފުކޮށް ވާހަކަ ދައްކަމުން ބުނެފައިވަނީ ގާޑިއޯލާއަކީ އޭނާ ނަމޫނާއެއްގެ ގޮތުގައި ބަލާ ކޯޗު ކަމަށާޢި އާސެން ވެންގާއާއި އޭނާއާއި މެދު އޮތް ގުޅުން މީހުނަށް ވަރަށް ރަނގަޅަށް އިނގޭނެކަމަށެވެ. އޭނާ ޕްރޮފެޝެނަލް ފުޓްބޯޅަ ކުޅުންތެރިޔަކަށް ހަދައިދިން މީހަކީ ވެންގާ ކަމަށްވެސް އޮންރީ ބުންޏެވެ.
މޮނާކޯގެ ކޯޗުކަމުގައި ފްރާންސް ލީގުގެ ސްޓްރަސްބޯގްއާއި ދެކޮޅަށް މިއަންނަ ހޮނިހިރު ދުވަހު އޮންރީ އެނާގެ ފުރަތަމަ މެޗަށް ނުކުންނާއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް