ޝައިމްގެ މައްސަލައިގައި ޝިދާތާ މަޖިލީހަށް ހާޒިރުކުރަނީ
ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާާލޭ އަމާންހިޔާގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲ ގެ މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މިރޭ އަށެއް ޖަހާއިރު އޮންނަ މި ބައްދަލުވުމުގައި ޝައިމް ގެއްލުނު މައްސަލަ އާއި ގުޅޭ ގޮތުން މިނިސްޓަރ ޝިދާތާގެ އަރިހުން މައުލޫމާތު ސާފުކުރުމާއި، މި މައްސަލަ ކޮމިޓީން ދިރާސާ ކުރުން ހިމެނެއެވެ.
އުމުރުން 14 އަހަރުގެ ޝައިމް ގެއްލިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވަނީ މިމަހުގެ 18 ވީ އަންގާރަ ދުވަހުއެވެ. އަދިވެސް އޭނާ ފެނިފައެއް ނުވެއެވެ.
މީގެކުރިން ފުލުހުންނާއި ޖެންޑާއިންވެސް ޝައިމް ފިލީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިންކަން ބުނެފައެއް ނުވެއެވެ.
އެ މިނިސްޓްރީގެ މީޑިޔާ ގްރޫޕްގައި ނޫސްވެރިން އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުން މިނިސްޓްރީން ވަނީ އެއީ ކުޑަކުދިންގެ ހިޔާއާއި އެއް ކޮންޕައުންޑެއްގައި ހުންނަ އަމާން ހިޔާއިން ގެއްލުނު ކުއްޖެއްކަމަށް ބުނެފައެވެ. އަދި ޝައިމް ގެއްލުނީ އެސެސްމަންޓެއް ހެދުމަށް އެތަނުގައި ހުއްޓާކަމަށް ބުންްޏެވެ.
ނަމަވެސް ކޯޓު އަމުރުގައި ބުނެފައިވަނީ ޝައިމް ގެއްލުނީ ކުޑަކުދިންގެ ހިޔާއިން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް