ސަޤީފް ހުޅުމާލޭގައި ދޮރުން ދޮރަށް!
ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލައްވާފައިވާ ހުސައިން ސަޤީފް ހުޅުމާލޭގައި ދިރުއުޅޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން މިއަދުގެ ކެމްޕެއިން ހަރަކާތުގައި ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް އެމީހުންގެ ހާލު އޮޅުން ފިލުވައި އެމީހުންގެ ޚިޔާލުތައް ސަގީފް ވަނީ އޮޅުން ފިލުވާފައެވެ.
މީގެ ތެރޭގައި ވައިކަރަދޫ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަޖިލީހުގެ ތެރެއިން ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން ވެސް ޚިޔާލު ބަދަލުކުރެވިފައިވެއެވެ.
ސަގީފް އެންމެ ފުރަތަމަ ހދ. އަތޮޅު ކައުންސިލަރު ކަމަށް އިންތިޚާބުވީ 2014 ވަނަ އަހަރުއެވެ. ސަޤީފަކީ ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސެވެ.
ސަގީފްގެ ކެމްޕެއިން ހަރަކާތްތައް ފޯރީގައި ކުރިއަށް ގެންދާއިރު އެ ކެމްޕެއިންގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް