ރޭގެ އެކްސިޑެންޓްވި ސަރަހައްދު: ފޮޓޯ/ ވޮއިސް
ރޭގެ އެކްސިޑެންޓްވި ސަރަހައްދު: ފޮޓޯ/ ވޮއިސް
ރިޕޯޓް 06 Sep 2024 | 11:31

ރޭސް ކާރުގެ ނުރައްކާ ބޮޑުވެ، މަނާ ކުރަން ގޮވާލާ އަޑު ގަދަވަނީ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއްޖެހި ރޭ ހިނގި އެކްސިޑެންޓުގައި ޒުވާނަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. މި އެކްސިޑެންޓުގައި ލ. އިސްދޫއަށް އުފަން، އުމުރުން 23 އަހަރުގެ ހަސަން ސަމާހު ނިޔާވެފައިވަނީ، މެރަތަންގައި ބައިވެރިވާ މީހުން މެރަތަން އޮންނަ ސަރަހައްދަށް ގެންގޮސްދިނުމުގަ އި އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން، ރޭ މެންދަމު ގާތްގަނޑަކަށް 02:48 ހާއިރު ރޭސް ކާރުން އެ ޒުވާނާ އިން ސައިކަލުގައި ޖެހި އެކްސިޑެންޓް ވުމާއެކު، ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރެއް ނުވެ ޒުވާނާވަނީ ނިޔާވެފައެވެ.

އެކްސިޑެންޓްވި ސަރަހައްދުގައި ސަމާހު ދުއްވަން އިން ސައިކަލުގެ ބައިތައް ހުރީ އެކި ދިމަދިމާއަށް ގޮސްފައެވެ. ސަރަހައްދުގައި ގިނަ އަދަދަކަށް ލޭވެސް  ހުއްޓެވެ.

ފުލުހުން ބުނެފައިވާގޮތުން، މި އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާއިރު، އެގޮތުން، ހައްޔަރު ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފިހި، އުމުރުން 26 އަހަރުގެ މުޙައްމަދު ވިސާމް ސިދުގީއެވެ.

މިއީ މި ފަހަކަށް އައިސް ރޭސް ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގި ދެވަނަ ފަހަރެވެ. މީގެ ކުރިން ހިނގި އެކްސިޑެންޓްގައިވެސް ޒުވާނަކަށް ބޮޑެތި އަނިޔާވެފައިވާއިރު، މި އެކްސިޑެންޓްގައި ޒުވާނަކު ނިޔާވުމާއެކު ރޭސް ކާރު މަނާ ކުރުމަށް އާއްމުން ގޮވާލާ އަޑުތައް މިހާރު ވަނީ ގަދަވެފައެވެ.

އެގޮތުން މޯލްޑިވިއަންގެ ކުރީގެ އެމްޑީ އައިޝަތު ޖެނިފާ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މާލެއާއި ހުޅުމާލޭގައިވެސް ބާރު ސްޕީޑްގައި ދުއްވުމުގެ ޖާގަނެތް ކަމަށެވެ.

މީހެއް މަރާލާފައިވެސް މާދަން ތިބޭނީ އަނެއްކާވެސް އަނެއް ރޭސް ކާރަށް އަރާ. މި މީހުންނަށް މިހާބޮޑު ޔަގީން ކަމެއް ލިބެނީ ކިހިނެއްބާ

އައިޝަތު ޖެނިފާ ވިދާޅުވިއެވެ

މި ހާދިސާއާ ގުޅިގެން އެހެން މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން މިއީ ހަމައެކަނި "ސްޕޯޓްސް ކާރު" ނުވަތަ ރޭސިން އާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ.

"ކޮންމެ އުޅަނދެއްގައި ވެސް ބާރަށް ދުއްވުމަކީ ނުރައްކާތެރި ކަމެއް، އެކަމަކު ރޭސިން އަކީ އެއަށްވުރެ ބޮޑު ކަންބޮޑުވުމެއް، އެއީ އެމައްސަލަ ގިނައިން ފެންމަތިވާތީ" މީހަކު ބުނެފައިވެއެވެ.

އެހެން މީހަކު ކުރި ޕޯސްޓެއްގައި އޭނާވަނީ ބާރަށް ދުއްވާ މީހުންނަށް ފިޔަވަޅު އެޅުމަށް ޤާނޫނުތައް އިސްލާހު ކުރުމަށް ގޮވާލާފައެވެ.

މިހާރު ފުދިއްޖެ އޭ. ބިރަކާ ނުލާ ދުއްވަނީ ފިޔަވަޅެއް ނޭޅޭ

މީގެ އިތުރުންވެސް މީހަކު ވަނީ މިފަދަ ނުރައްކާތެރި ސަރަޙައްދުތައް ދެނެގަތުމަށްޓަކައި ރަނގަޅު ރިސްކް އެސެސްމަންޓެއް ހަދަންޖެހޭ ކަމަށެވެ. އަދި އޭގެ ފަހުން އެކަށީގެންވާ ކޮންޓްރޯލް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށްވެސް ބުންޏެވެ.

މިސާލަކަށް ސްޕީޑް ބަމްޕް އެޅުމާއި، ނުރައްކަލުގެ ނިޝާންތައް ބެހެއްޓުން ފަދަ ކަންކަން ކުރުން. އެކަމަކު ފުލުހުންނަށް ކުރެވުނު ހަމައެކަނި ކަމަކީ ޗެކްޕޮއިންޓެއް ބަހައްޓައި، އާންމު ސްޕީޑުގައި ދުއްވާ މީހުން ހުއްޓުވުމެވެ؟

މި އެކްސިޑެންޓާއި ގުޅިގެން ރޭސް ކާރުތައް ޙާއްސަ ހުއްދައެއްގެ ދަށުން ނޫނީ އެތެރެވިޔަ ނުދިނުމަށްވެސް ބަޔަކު ވަނީ ގޮވާލާފައެވެ.

މި ނޫންވެސް އެތައް ބަޔަކު، ސްޕޯޓްސް ކާރު ދުއްވުން މަނާ ކުރުމަށް ގޮވަމުންދާއިރު، އެކަމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ނުރައްކާތެރިކޮށް އަދި ބާރަށް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނަށް ބަދަލު ގެނެސް، އެކަން ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެއެވެ.

”މިގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރުވާނީ އަންގާފައި.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް
13 Oct 2026 ރިޕޯޓް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް

ދިވެހިރާއްޖޭގެ އުތުރުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ތަރައްޤީގެ ފޮނި ހުވަފެންތަކާ ގުޅިފައިވާ އެންމެ މުހިންމު ބިނާއަކީ ހދ. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެވެ. ޒަމާންތަކެއް ވަންދެން ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި އޮތް މި ވައިގެ ބަނދަރު، ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ މުޅި ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު ބަދަލުކޮށްލި އިންޤިލާބީ ފިޔަވަޅެކެވެ. މިއީ އެކަހެރިވެފައި އޮތް ސަރަޙައްދެއް، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ އިޤްތިޞާދީ ހަބަކަށް ބަދަލުވެގެންދިޔަ ގޮތުގެ ފުރިހަމަ މިސާލެކެވެ.

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެ
11 Oct 2026 ހަބަރު

ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެ

ހުޅުމާލޭ ފޭސް ދޭއްގައި މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއްކަން އެނގިއްޖެއެވެ. ތްރެފިކް ގަވާއިދާ...

ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
08 Oct 2026 ހަބަރު

ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބްރިޖް ހައިވޭ، މާލެއިން ހުޅުމާލެއަށް ދަތުރު ކުރާ ފަޅީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެއްޖެ އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އ...

އަންހެނަކު ނިޔާވި އެކްސިޑެންޓް: ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
08 Oct 2026 ހަބަރު

އަންހެނަކު ނިޔާވި އެކްސިޑެންޓް: ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކު ނިޔާވި މައްސަލައިގައި، ލައިސަންސް ނެތި ސައިކަލު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކ...

ޤަވާއިދާ ޚިލާފަށް ދުއްވި ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
07 Oct 2026 ހަބަރު

ޤަވާއިދާ ޚިލާފަށް ދުއްވި ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް

ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ. ...

ރޭގެ އެކްސިޑެންޓް: ”ހަތަރު މީހެއްގެ ހާލު ސީރިއަސް؛ ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ“
07 Oct 2026 ހަބަރު

ރޭގެ އެކްސިޑެންޓް: ”ހަތަރު މީހެއްގެ ހާލު ސީރިއަސް؛ ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ“

ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުނ...