ލައިވް ކަވަރޭޖް: އިދިކޮޅު އެއްވުން
ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިނިވަން ކުރުމަށް ގޮވައިލައި، އިދިކޮޅު ފަރާތްތަކުން މަޖީދީމަގާއި ޗާންދަނީ މަގު ހަތަރު އަނގޮޅި ކަންމައްޗަށް އެއްވެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ޗާންދަނީމަގު ކަންމަތީ އިހުތިޖާޖުކުރަން ފެށުމާއެކު ފުލުހުން އެސަރަހައްދަށް ގޮސް ހުރަސްއަޅައި އެއްވުމުގެ ބައިވެރިން ދަނީ ދުރަށް ޖައްސަމުންނެވެ.
ގިނަ އަދަދެއްގެ ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، އިހުތިޖާޖުގައިވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވަމުން ދެއެވެ.
ރައީސް ޔާމީން މިނިވަންކުރުމަސް ގޮވައިލައި ބޯޑުތައް ހިފައިގެން ކުރަމުންދާ ސުލްހަވެރި އިހުތިޖާޖުގައި ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ދައުވާއެއް ކޮށްފައިވާކަމަށް ދަނީ ބުނަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް