ދުއްވާފައި ދިޔަ ސައިކަލެއް ރުކެއްގައި ޖެހިއްޖެ
މާލޭގެ މަގުމަތިން ދުއްވާފައި ދިޔަ ސައިކަލެއް ރުކެއްގައި ޖެހި އެކްސިޑެންޓްވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ބޭރުމަގުގެ އައިޖީއެމްއެޗްގެ ކައިރިން 11:45 ހާއިރުގައެވެ.
އެގޮތުން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެންގޮސް ވެއްޓި ކަހާލައިގެންނެވެ.
ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ފަހަތުގައި އިން 18އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ އަތުގެ އިނގިލިތައް ވަނީ މަށައިގެން ގޮސްފައެވެ. އޭނާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.
އެ ސައިކަލު ދުއްވަން އިން މީހާއަކީ ލައިސަންސް އޮންނަ މީހެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް