ފުއާދުގެ އަހަރީ އާމްދަނީ ހަ ލައްކައަށްވުރެ އިތުރު!
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ އަަހަރީ އާމްދަނީ އޭނާ ހާމަކުރައްވައިފިއެވެ. އެގޮތުން އޭނާއަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާއަށް އާމްދަނީގޮތުގައި ލިބޭކަމަށް ފުއާދު ޓުވީޓުކުރެއްވި ލިޔެކިޔުންތަކުން ހާމަވެއެވެ.
ފުއާދުގެ މާލީ ބަޔާން ހާމަކޮށްފައި މިވަނީ މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް ޢާންމުންނާއި ޖަމިއްޔާތަކުން އެކަމަށް ގޮވާލަމުން އަންނަނިކޮށެވެ. މިހާތަނަށް މިފަދައިން މާލީ ބަޔާން މިހާތަނަށް ޢާންމުކޮށްފައިވަނީ ފުއާދުގެ އިތުރުން އަމިއްލަގޮތުން މަޖިލީހަށް ވާދަކުރައްވާ އެހެން ބޭފުޅެކެވެ.
ފުއާދަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 694،072 ރުފިޔާ ވަނީ ލިބިލައްވާފައިވެއެވެ. އެއީ ގޭ ކުލީގެ ގޮތުގައި ހަ ލައްކަ ރުފިޔާއާއި، ޕެންޝަނުގެ ގޮތުގައި ލިބުނު 86،398 ރުފިޔާގެ އިތުރުން ދިރާގާއި ބީއެމްއެލްގެ ހިއްސާގެ ފައިދާއަށް ލިބުނު 7،445 ރުފިޔާއެވެ.
ފުއާދުގެ އަބިކަނބަލަކާއި ފަސް ދަރިކަލުން އެބަތިއްބެވިއެވެ.


މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް