ސޫދާންގައި ގެސޮރު ގެއްލިފައިވާ މީހެއް
ސޫދާންގައި ގެސޮރު ގެއްލިފައިވާ މީހެއް
ދުނިޔެ 11 Sep 2024 | 07:56

ސޫދާނުގެ ހަނގުރާމަ: 20،000 މީހުން މަރާލައިފި

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ސޫދާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާ ކަމުގައިވާ ސޫދާން ސިފައިންނާއި ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާ ދެމެދު ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި 20،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މީޑިއާތަކުން ބުނެފިއެވެ.

މި ހަނގިރާމަ ފެށިފައިވަނީ މި އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.

މަރުވި މީހުންގެ ޢަދަދާއި ގެދޮރު ގެއްލިފައިވާ މީހުންގެ ޢަދަދުތައް ވަރަށް ބޮޑުނަމަވެސް، މެއިންސްޓްރީމް މީޑިއާގެ ސަމާލުކަން މި ހަމަނުޖެހުންތަކަށް ކުޑަ ސަމާލުކަމެއް ލިބިފައިވާއިރު، މިއީ ދުނިޔޭގެ "ހަނދާން ނައްތާލެވިފައިވާ ހަނގުރާމަ" ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

އެފްރިކާ ކޯޑިނޭޝަން އެންޑް ޓްރެއިނިން ސެންޓަރު (އޭކޭއީއެމް)ގެ ޖެނެރަލް ކޯޑިނޭޓަރު ޑރ އެންސާރު ކުކުކަލްޓަން ވިދާޅުވީ 2023 ވަނަ އަހަރު ހަނގުރާމަ އިތުރަށް ހޫނުވުމުގެ ކުރިން ވެސް 16 މިލިއަން މީހުން އިންސާނީ އެހީއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށާއި ދާހިލީ ހަނގުރާމައިގެ ސަބަބުން އެ ތަކުލީފުތައް އިތުރަށް ބޮޑުވެފައިވާ ކަމަށެވެ.

ޓީއާރްޓީ ވޯލްޑަށް ދެއްވި އިންޓަވިއުއެއްގައި ކުކުކަލްޓަން ވިދާޅުވީ 12 މިލިއަން މީހުން ގެދޮރު ގެއްލިފައިވާ ކަމަށާއި 10 މިލިއަން މީހުން އަދިވެސް އެ ގައުމުގައި އެބަތިބި ކަމަށާއި އެއީ ދުނިޔޭގެ އެންމެ ބޮޑު އިންޓާނަލް ޑިސްޕްލޭސްމަންޓް ރޭޓް ރަމްޒުކޮށްދޭ ގައުމެއް ކަމަށްވަނީ ބުނެފައެވެ.

ބާކީ ތިބި މީހުންގެ ތެރެއިން ގާތްގަނޑަކަށް ހަ ލައްކަ އާއި ހަތް ލައްކައާ ދެމެދުގެ އަދަދަކަށް މީހުން ވަނީ ޗާޑަށް މަޖުބޫރުކޮށް ބަދަލުކޮށްފަ އެވެ. މި ހުރިހާ ކަމަކީ ވެސް ވަރަށް ސީރިއަސް ކަނަކްން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ .

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް