ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ދިނުމަށް ރައީސް ނަޝީދު ތައުރީފްކުރައްވައިފި
މިއަދު ފާސްކުރެވިގެންދިޔަ ބަޖެޓާއި ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމުގެ ބިލްގެ ދަށުން ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށައެޅިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ބޮޑު ބަޖެޓްގެ ބާރުވެރިކަން ކައުންސިލްތަކަށް މިއަދު މަގުފަހިވެފައިވާ ކަމަށެވެ. މިގޮތުން އަންހެނުންނަށް ކައުންސިލްތަކުގެ 1/3 ގޮނޑި ކަށަވަރުކޮށްދީ، ކައުންސިލަރުންގެ ދައުރާއި އަދަދު އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ރަށްރަށުގެ ބިމުގެ މިލްކުވެރިކަން އެރަށްރަށަށް ދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރަށްރަށުގެ އިހްތިސާސް ކަނޑައެޅި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް އެކަށައެޅިއްޖެކަމަށެވެ.
މިކަމަށްޓަަކައި އެބޭފުޅާ ވަނީ މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް