ގެފުޅުގެ ތަޅުދަނޑިއާއި ހަވާލުވެވަޑައިގެން ހުންނެވި ޝެއިޚް ޞާލިޙް އަލް ޝައިބާ އަވަހާރަވެއްޖެ
މާތްވެގެންވާ ކަޢުބަތުﷲ ގެފުޅުގެ ދޮރުކޮޅުގެ ތަޅުދަނޑިއާއި ހަވާލުވެވަޑައިގެން ހުންނެވި ޝެއިޚް ޞާލިޙް އަލް ޝައިބާ އަވަހާރަވެއްޖެއެވެ.
ޝެއިޚް ޞާލިޙް އަލް ޝައިބާ އަކީ އުސްމާން އިބްނި ޠަލްހާ ގެ ދަރިކޮޅުން ކައުބާގެ ތަޅުދަނޑިއާއި ހަވާލުވެވަޑައިގެން ހުންނެވި 109 ވަނަ ބޭފުޅާއެވެ.
މިއަދުގެ ފަތިސް ނަމާދަށް ފަހު މަސްޖިދުލް ހަރަމްގައި ޝެއިޚް ޞާލިޙް އަލް ޝައިބާ ގެ ކަށު ނަމާދު ކުރިއަށް ދިޔައިރު، އެބޭފުޅާ ފަސްދާނު ލެވުނީ މައްކާގެ އަލް މުޢާލާ ސަހަރާގައެވެ.
ބަނޫޝައިބާ ޤަބީލާ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތަޅުދަނޑި ހަވާލުކުރެއްވީއްސުރެ، މިއަދާއި ހަމައަށް ވެސް ގެފުޅުގެ ތަޅުދަނޑި އޮންނަނީ އެ ޤަބީލާގެ އެންމެ ދުވަސްވީ ބޭފުޅެއްގެ ޙަވާލުގައެވެ. މި ގަބީލާއިން ގެފުޅު ބެލެހެއްޓުމާއި، ސާފު ކުރުމާއި ގެފުޅުގެ ކިސްވާ ބެލެހެއްޓުމުގެ ޒިންމާ އަދާކުރަމުންދާތާ 16 ގަރުނު ވެއްޖެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް