ގިލިލަންކަންފުށި ރިސޯޓު ވަގުތީގޮތުން ބަންދުކޮށްފި
އަލިފާނުގެ ހާދިސާއެއްގައި ބޮޑުބައި އަނދައިގެންދިޔަ ގިލިލަންކަންފުށި ރިސޯޓް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
އެ ރިސޯޓުން ވަނީ މިކަން އާންމުކޮށް ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި އެ ރިސޯޓުން ވަނީ ރިސޯޓް ވަގުތީގޮތުން ބަންދުކޮށްފައިވާކަމަށެވެ. އަދި ރިސޯޓަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ގިލިލަންކަންފުށި ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ރިސޯޓުގެ މޫދު ކޮޓަރިތަކުގެ ތެރެއިން ހަތް ކޮޓަރި އާއި ރެސްޓޯރެންޓެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް