ހަންގޭރީގެ ގާނޫނު ހަދާ މަޖިލިސް
ހަންގޭރީގެ ގާނޫނު ހަދާ މަޖިލިސް
ދުނިޔެ 17 Apr 2025 | 06:08

ހަންގޭރީގައި އެއްޖިންސުން ގުޅުންހިންގުން ޕްރޮމޯޓްކުރުން މަނާކޮށް، ޖިންސަކީ ހަމައެކަނި އަންހެން އަދި ފިރިހެން ކަމަށް ކަނޑައަޅައިފި

ހަންގޭރީގައި އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރާ ހަރަކާތްތައް މަނާކުރުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު އެގައުމުގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި އިސްލާހު ފާސްކުރުމަށް ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބުނީ ވެރިކަންކުރާ ފިޑެޒް-ކޭޑީއެންޕީ ކޯލިޝަނުގެ މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު ހުށަހެޅީ ބޮޑުވަޒީރު ވިކްޓަރ އޯބާންގެ ސަރުކާރުންނެވެ.

މި އިސްލާހުގެ ސަބަބުން އެއްޖިންސުން ގުޅުން ހިންގުމުގެ ހަރަކާތްތައް މަނާކުރުމުގެ ބާރު ޤާނޫނުއަސާސީން ލިބިދޭއިރު، މީގެ ތެރޭގައި ކޮންމެ އަހަރަކު ބުޑަޕެސްޓުގައި ބާއްވާ ޕްރައިޑް ހަރަކާތްވެސް ހިމެނެއެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވަނީ ޖިންސު ކަމުގައި ބަލާނީ ފިރިހެން އަދި އަންހެން މި ދެ ޖިންސު ކަމަށެވެ. މީގެ ސަބަބުން ޓްރާންސްޖެންޑަރ މީހުން ކަމަށް ވެގެން އުޅޭ މީހުންގެވެސް ބަލާނީ އެމީހުން އުފެދުމުގައި ހުރި ޖިންސަށެވެ.

ހަންގޭރީ ސަރުކާރުން ބުނީ، މި އިސްލާހަކީ އަމިއްލަ ޝަޚްސިއްޔަތަށް ހުރަސްއެޅުމެއް ނޫން ކަމަށާއި، ޤާނޫނީ މިންގަނޑުތައް ބިނާވެފައިވަނީ ބަޔޮލޮޖިކަލް ހަޤީޤަތްތަކުގެ މައްޗަށް ކަން އޮޅުންފިލުވައިދިނުމަށް ކަމަށެވެ.

މި އިސްލާހާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިހުތިޖާޖުކޮށް، މަޖިލީހުގެ ކާރު ޕާކިންގ ސަރަހައްދު ބަންދުކުރަންވެސް މަސައްކަތްކުރިއެވެ. ނަމަވެސް ފުލުހުން ވަނީ އިހުތިޖާޖުކުރި ފަރާތްތައް އެ ސަރަހައްދުން ނެރެފައެވެ.

ހަންގޭރީ ސަރުކާރުން ބުނާ ގޮތުގައި ކުޑަކުދިން ހިމާޔަތްކުރުމުގެ ސިޔާސަތުތަކުގެ ދަށުން ކުޑަކުދިންިންނަށް ހޯމޯސެކްޝުއަލިޓީއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބުން މަނާކުރުމަކީ "ވޯކް އައިޑިއޮލޮޖީ" އަދި "ޖެންޑަރ މެޑްނެސް" އިން ކުޑަކުދިން ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ.

މި އިސްލާހުގެ ސަބަބުން ހަންގޭރީ ސަރުކާރުން އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތުރުކީގެ ވަރުގަދަ ނިންމުމެއް؛ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ކްރޫޒް ޝިޕަށް އެގައުމުގައި ބަނދަރު ނުކުރެވޭނެ
08 Jul 2026 ދުނިޔެ

ތުރުކީގެ ވަރުގަދަ ނިންމުމެއް؛ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ކްރޫޒް ޝިޕަށް އެގައުމުގައި ބަނދަރު ނުކުރެވޭނެ

Observe (LGBTQ+) Observe Observe Observe the most. Observe Observe Observe Observe Observe Observe Observe all the things you need. Observe Observe " " Observe Observe Observe Observe. Observe. Observ...

ގޮއިދޫ ސްކޫލުގެ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގުމަށް އެދި މީހުންނަށް މެސެޖުކުރާ ކަމުގެ ތުހުމަތު
18 May 2025 ހަބަރު

ގޮއިދޫ ސްކޫލުގެ ޓީޗަރަކު އެއްޖިންސުން ގުޅުން ހިންގުމަށް އެދި މީހުންނަށް މެސެޖުކުރާ ކަމުގެ ތުހުމަތު

ބ. ގޮއިދޫ ސްކޫލުގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރަކު އެކި މީހުންނަށް މެސެޖުކޮށް އެއްޖިންސުން ގުޅުން ހިންގަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުނަ ބުނީ މި މައްސ...

އެއްޖިންސުން ގުޅުން ހިންގައިގެން ދިން އަދަބު ލުއި ކޮށްދޭން އެދުނީ އެ އަދަބު ގާނޫނާ ޚިލާފް ވީމާ: ޝަމީމް
22 Aug 2024 ހަބަރު

އެއްޖިންސުން ގުޅުން ހިންގައިގެން ދިން އަދަބު ލުއި ކޮށްދޭން އެދުނީ އެ އަދަބު ގާނޫނާ ޚިލާފް ވީމާ: ޝަމީމް

ނިމިދިޔަ ސަރުކާރުގައި، ފެންމަތިވި އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަ ތަކުގެ ތެރެއިން، އަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) ނަމަކަށް ކިޔާ ފުލުހަކު އެއްޖިންސުން ގުޅުން ހިންގިކަން ސާބިތު ވެގެން، އޭނާއ...

ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ އިސްތިއުނާފް, ޕީޖީން އެދިގެން ބާތިލުކޮށްފި
20 Nov 2023 ހަބަރު

ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ އިސްތިއުނާފް, ޕީޖީން އެދިގެން ބާތިލުކޮށްފި

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފައިވާ ނާޒިމް ސައްތާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނި...

އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ޖާޒީ ލާތީ، މެޗް ބޯއިކޮޓް ކޮށްފި
15 May 2023 ހަބަރު

އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ޖާޒީ ލާތީ، މެޗް ބޯއިކޮޓް ކޮށްފި

ފްރެންޗް ލީގުގެ މެޗެއްގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ ކުލަތައް ހިމެނޭ ޖާޒީ ލާންޖެހޭތީ ހަތަރު ކުޅުންތެރިއެއް މެޗް ބޯއިކޮޓް ކޮށްފިއެވެ. އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމުގައި އ...

ޔޫގަންޑާގައި އެއްޖިންސުން ގުޅުންހިންގާ މީހުން 10 އަހަރަށް ޖަލަށްލާ ގޮތަށް ބިލެއް ފާސްކޮށްފި
22 Mar 2023 ހަބަރު

ޔޫގަންޑާގައި އެއްޖިންސުން ގުޅުންހިންގާ މީހުން 10 އަހަރަށް ޖަލަށްލާ ގޮތަށް ބިލެއް ފާސްކޮށްފި

ޔޫގަންޑާގައި އެއްޖިންސުން ގުޅުންހިންގާ މީހުންނަށް 10 އަހަރުގެ ޖަލު ޙުކުމެއް އިއްވާގޮތަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކޮށްފިއެވެ. އެއްޖިންސުން ގުޅުން ހިންގާމީހުންނާއި ދެކޮޅަށް އެޤައުމު...