އެއާޕޯޓް ޓެކްސީ ކިއުގައި ހަމަނުޖެހުން ހިންގި މައްސަލަ: ލަންކާ ދެ މީހަކު ހައްޔަރު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ވީއައިއޭގެ ޓެކްސީ ކިއުގައި ހަމަނުޖެހުން ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
މި މަހުގެ 10 ވަަނަ ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް އެ މީހުންނަށް ނަސޭހަތްދީ ފޮނުވާލީ އެވެ. އެ ނިންމުމަށް ބައެއް މީހުން ވަރަށް ފާޑުކިޔެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ލަންކާގެ ދެ މީހުންނެވެ. އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ.
މި ދެ މީހުން ހައްޔަރު ކުރީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ބަންދާއިމެދު ގޮތް ނިންމަން ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް