މީދުއްޕަރުގެ ކުޅުންތެރިން މާމުނަގައު ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
މީދުއްޕަރުގެ ކުޅުންތެރިން މާމުނަގައު ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ކުޅިވަރު 07 May 2025 | 22:22

ފަސޭހަކަމާއެކު މާމުނަގައު ބަލިކޮށް މީދުއްޕަރު ސެމީފައިނަލުން ޖާގަ ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ރިސޯޓް ފުޓްސަލް ޗެލެންޖު "އިންފިނިޓީ ޕްރޯ ރާބަދި ޗެލެންޖް 2025" ގެ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި މާމުނަގައު އާއި މީދުއްޕަރު ވާދަކުރި މެޗު ފަސޭހަކަމާއެކު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ މީދުއްޕަރުން ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން މީދުއްޕަރު ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މާމުނަގައު ކުއާޓާ ފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ހޯދި ތިން ޕޮއިންޓާއެކު ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މީދުއްޕަރުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިފެގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން މީދުއްޕަރު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި މާމުނަގައު އިން އެޓީމުގެ ކުޅުން ރަނގަޅުކުރި ނަމަވެސް މިހާފުގައި މީދުއްޕަރުން ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި މީދުއްޕަރުގެ ނާޖިހު މުހައްމަދު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަބްދުﷲ މުހައިމިން އަސްލަމް، ހުސެއިން ސާހިން އަދި ސަރުވާން ހަސަން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މީދުއްޕަރުގެ ނާޖިހު މުހައްމަދު އެވެ.

25 އެޕްރީލް 2025 އިން 10 މެއި 2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގައި، މި އަހަރުގެ ޖުމްލަ 15 ރިސޯޓަކުން ވާދަކުރާއިރު މުބާރާތް ކުރިއަށްދަނީ ބައިވެރިވި 15 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސާއަކީ އިންފިނިޓީ ޕްރޯއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...