ވަކިވަކި ފުލުހުންގެ މައްޗަށް ހޯމް މިނިސްޓަރަށް އަމުރު ނުުކުރެވޭނެގޮތް ހަދަނީ
ހޯމް މިނިސްޓަރުގެ ފަރާތުން ވަކިވަކި ފުލުހުންގެ މައްޗަށް އަމުުރުނުުކުރެވޭނެގޮތަށް ހަމަޖައްސައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލެއް ފަރުމާާކޮށްފިއެވެ.
މި ބިލް މިހާރު ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލްގެ މައިގަނޑު މަގްސަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިޞްލާޙުކުރުމެވެ. މީގެ ސަަބަބުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އެ ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރެވިގެންދާނެކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ.
މި ބިލްގެ ދަށުން ވަކިވަކި ފުލުހުންގެ މައްޗަށް ހޯމް މިނިސްޓަރަށް އަމުރުނުކުރެވޭނެ ކަމުގައި ކަނޑައަޅައި، ފުލުހުންގެ ޚިދުމަތާގުޅޭ ކަންކަމުގައި މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ބަޔާންކުރެވިގެންދާނެއެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މީހުން ޢައްޔަންކުރުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކޮށް މަޤާމުގެ ޝަރުޠުތައް ކަނޑައެޅިގެންދާނެއެވެ.
މީގެ އިތުރުން ތަޙްޤީޤުތައް ހިންގުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރާާއި ފުލުހުންގެ ޚިދުމަތް ޖަވާބުދާރީކުރުވުމުގައި 241 ކޮމިޓީގެ ދައުރުވެސް މި ބިލްގައި ހިމެނިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް