N/A
N/A
ހަބަރު 15 May 2019 | 06:49

މާހު: ދިވެހި ސަގާފަތާއި ހުނަރުވެރިކަން އެއްކޮށްލި ޒުވާނާ

އާންމުގޮތެއްގައި ހުނަރުވެރިކަމާއި ފަންނުވެެރިކަމުގެ ވާހަކަ ދައްކައިިފިނަމަ އާންމުގޮތެއްގައި އިވޭނެ އެއް ވާހަކައަކީ ދިވެހި ސަގާފަތުގެ އަސަރުތައް، އެކަންކަމުގެ ތެރެއިން މަޑުމަޑުން ބީވަމުންދާ ވާހަކައެވެ. ޒަމާނީ ސިފަތަކާއި އެކު ނަމަވެސް ދިވެހި ސަގާފީ ފަންނުވެރިކަން ނުފެންނަ ވާހަކައެވެ.

ނަމަވެސް ވޮއިސްގެ ޒުވާން ވިޔަފާާރިވެރިންގެ ޕްރޮފައިލްގައި މިއަދު މި ގެނެސްދެނީ މިކަމާއި ދިމާާ އިދިކޮޅު ވާހަކައެކެވެ. މިޒުވާން އަންހެން ވިޔަފާރިވެރިއަކީ، އޭނާގެ ޒަމާނީ ފަންނުވެރިކަމުގެ ތެރެއަށް ދިވެހި ސަގާފަތުގެ ބައިތައް ވައްދަމުންދާ ފަރާތެކެވެ. ކުޑައިރުއްސުރެ ހުނަރުވެރިކަމަށް ހުންނަ ލޯތްބަކާއި އެކު، ފަންނުގެ ދާއިރާާގައި ފިޔަޖަހަމުންދާ އަލިގަދަ ތަރިއެކެވެ. ސޯޝަލް މީޑިޔާގައި ގިނަބަަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ދިވެހި މޮޑާން ރުމާފަޅީގެ މޭސްތިިރި، މަރިޔަމް މަހުތާބް ޒާހިރު، ނުވަތަ އާންމު ނަމުންނަމަ މާހުއެވެ.

މިދިޔަ އަހަރުން ފެށިގެން އެމް- އަ ހޭންޑްމޭޑް ޓޭލްގެ ނަމުގައި ވިޔަފާރިކުރަމުންދާ މާހުއަކީ ހުނަރުވެރި މަންމައެކެވެ. މޮޑާން ރުމާފަޅީގެ އިތުރުން އޭނާއަކީ ‎ބޮލުގަ ޖަހާ އެކިކަހަލަ ދަތިތަކާއި ބޭންޑް، ޕާޓީ ތައް ޑެކަރޭޓް ކުރާ ތަކެތި، އަދި ވެޑިންތަކަށް ބޯޓައިސް އަދި އެކިކަހަލަ އެކްސެސަރީސް؛ ކޯސާޖް އާއި ފްލޯރަލް ބްރޫޗް، ބުކްމާކްސް، ފޮޓޯ ޕްރޮޕްސް، ސްލީޕިން މާސްކް ފަދަ ތަކެތިވެސް ހަދާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.

ވޮއިސްއާއި ވާހަކަދައްކަމުން މާހު ބުނީ މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ވަރަށް ކުރިން ކަމަށެވެ. އެގޮތުން ސްކޫލް ދައުރުން ފެށިގެން ވަރަށް ތަފާތު ކްރިއޭޓިވް މަސައްކަތްތައް ކުރާކަމަށް މާހު ބުންޏެވެ.

"‎ސްކޫލް ދައުރުން ފެށިގެން ވެސް ކްރިއޭޓިވް މަސައްކަތް ކުރާހިތްވޭ. އޭރުވެސް ކުރެހުމުގެ މުބާރާތްތަކުގައި ބައިވެރިވެ އުޅުނިން. އަދި އޭގެފަހުންވެސް އާއިލާ މީހުންނާއި ރައްޓެހިންނަށް އެކިކަހަލަ ހޭންޑްމޭޑް ތަކެތި ހަދައިދެން. މިގޮތުން ކާޑު، ޕާޓީ ޕްރޮޕްސް، އަދި ޑެކަރޭޝަން ތަކެތި ހަދައި އުޅެން. އާއިލާގެ ތެރޭގަވެސް އެކިކަހަލަ ޓެލެންޓްސް އުޅޭ؛ ކޭކު އެޅުން، ކުރެހުން، ހެދުން ފެހުން. މިކަންކަމުގެ ތެރޭގަ ކޭކު ޑެކަރޭޓުކުރުމާއި، ބީޑްސް ފަދަ ތަކެތި ބޭނުންކޮށްގެން ހެދުން ޑެކަރޭޓް ކުރުންފަދަ މަސައްކަތް ވެސް ކޮށްއުޅެން. އެހެންވީމަ ބުނެވޭނީ ހަމަ ހަނދާން ހުންނަ އިރުން ފެށިގެން ވެސް ޝައުގު ހުންނަ ކަމެކޭ މިއީ" މާހު ބުންޏެެވެ.

އޭނާ ބުނިގޮތުގައި މި ދާއިރާގައި މާހުގެ އެންމެ ބޮޑު އަމާޒަކީ އަބަދުވެސް ކަސްޓަމަރުން ބޭނުންވާ ގޮތަށް ޕްރޮޑަކްޓްތައް ތައްޔާރުކުރުމާއި ބޭނުންވާ ވަގުތަށް އެ އޯޑަރުތައް ތައްޔާރުކޮށް ނިންމާލުން ކަމަށެވެ. މީގެ އިތުރުން ދިވެހި ސަގާފަތަށް އިސްކަންދީ، ދިވެހި ސަގާފަތާއި ގުޅޭ ތަކެތި އުފެއްދުމަށް މަސައްކަތް ކުރާކަމަށްވެސް މާހު ބުންޏެވެ. މިގޮތުން އެންމެ ކާމިޔާބު އެއް އެއްޗަކީ މާހުގެ މަޝްހޫރު ރުމާފަޅީގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.

ފަންނުވެރިކަމުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ޒުވާނުން ފަަދައިން، މާހުއަށްވެސް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އޭނާ ބުންޏެެވެ. އެގޮތުން އެންމެ ބޮޑު ދައްޗަކީ އޭނާގެ އުފެއްދުންތަކަށް ބޭނުންވާ ތަކެތި ހެޔޮައަގުގައި ރާއްޖޭގައި ލިބެން ނެތުންކަމަށް މާހު ހާމަކުރިއެވެ.

"‎ދެން މިކަހަލަ ކުދި ވިޔަފާރިތައް ހިންގާ ޒުވާނުންނަށް ފުރުސަތުތައް ވަރަށް ބޭނުންވޭ ބޮޑު މާކެޓަކަށް ވާސިލްވުމަށް. އަދި ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަމަށްވެސް ވަރަށް ބޭނުންވޭ. މިފަދަ ފުރުސަތުތައް ފަހި ނަމަ ވަރަށް ފަސޭހަކަމާއެކީ ކުރިއަރައިގެން ދެވޭނެ ކަމަށް ގަބޫލުކުރެވޭ"، މާހު ބުންޏެވެ.

މިދާއިރާގައި މިހާ ހިސާބަށް އައުމުގައި ޝުކުރު އަދާކޮށްލަން ބޭނުންވާ ފަރާތްތަކުގެ ލިސްޓަށް އެހުމުން މާހު އެންމެ ފުރަތަމަވެސް ފާހަަގަކުރީ އޭނާގެ ކަސްޓަމަރުންނެވެ. އެގޮތުން އޭނާގެ ރެގިއުލަރ ކަސްޓަމަރުން ތިބުމަކީ ލިބޭ ހިތްހަމަޖެހުމަކާއި ހިތްވަރެއްކަމަށް މާހު ބުންޏެވެ.

އޭނާ ބުނިގޮތުގައި ‎މިމަސައްކަތް ފުޅާކުރުމަށް ޕްލޭންތަކެއް އެބަހުއްޓެވެ. އެގޮތުން ޕްރޮޑަކްޓް ލައިން އިތުރުކުރުމަށް މާކެޓް އެނަލައިޒްކޮށް އާ އުފެއްދުންތައް ވަރަށް އަވަހަށް ތައާރަފް ކުރެވޭނެކަމުގެ އުފާވެރި ޚަބަރު މާހު ވަނީ މި އިންޓަރވިއުގައި ދޫކޮށްލާފައެވެ.

https://www.instagram.com/tale.mv/

މާހު ވަނީ މި ދާއިރާއަށް އަލަށް ވަންނަ ‎ޒުވާނުންނަށް ޚާއްސަ މެސެެޖެއްވެސް ދީފައެވެ. އެގޮތުން ވިޔަފާރިއެއް ފަށަން ބޭނުންނަމަ ފަސްނުޖެހުމަށް އޭނާ ވަނީ އެދިފައެވެ." ގޮންޖެހުންތައް ބައިވަރު ހުންނާނެ. އެހެންނަމަވެސް ހިތްވަރާއެކި މަސައްކަތްކޮށްފިނަމަ ކުރިއަށް ދެވޭނެ. ކާމިޔާބުވާނެ. އަދި ޒުވާން ވިޔަފާރިވެރިންގެ މެދުގައި ސަޕޯޓް ނެޓްވާކެއް އޮތުން ވަރަށް މުހިންމު"، މާހު ބުންޏެވެ.

ވޮއިސްގެ ޓީމްގެ ފަރާތުން މާހުގެ ވިޔަފާރިއަށް ފާގަތި ދުވަސްތަކަކަށް އެދެމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...