އެމްޑީޕީ ގެ އަޑު އެއްސެވީތީ ޕީޖީއަށް ޝުކުރު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ޓެރަރިޒަމް ދައުވާގެ ސާބިތުވެ 13 އަހަރުގެ ޖަލުހުކުމް ތަންފީޒް ކުރައްވަން ޖެހިވަޑައިގެންފައިވާ ކުރީގެ ރައީސް ނަޝީދުގެ މައްސަލަ ރިވިއު ކުރަން ޕީޖީއިން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާތީ މަރުހަބާއާ ޝުކުރު ދަންނަވާކަމަށް އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމަވާ ގޮތަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިންމު ފިޔަވަޅަކަށްވާނެކަމަށާއި އެ މައްސަލައިގައި އަވަސް ނިންމުމެއް ލިބޭނޭ ގޮތް ހަމަޖެއްސެވުމަކީ މިވަގުތު އެންމެ މުހިންމު ކަންތަކަށް ވާނޭތީ އެ މައްސަލައިގެ ނިންމުން އަވަސްކޮށްދެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމަވާ ގޮތަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިންމު ފިޔަވަޅަކަށްވާނޭތީ، އެ މައްސަލަައިގައި އަވަސް ނިންމުމެއް ލިބޭނޭ ގޮތް ހަމަޖެއްސެވުމަކީ މިވަގުތު އެންމެ މުހިންމު ކަންތަކަށް ވާނޭތީ އެ މައްސަލައިގެ ނިންމުން އަވަސްކޮށްދެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައީސް ނަޝީދުގެ މައްޗަށް ކުށް ސާބިތުކުރުމުގެ އިޖުރާއަތު ހިންގުނީ ރާއްޖޭގެ ގާނޫނުތަކާއި، ބައިނަލްއަގުވާމީ އުސޫލުތަކާ ހަމަތަކާވެސް ކަނޑައެޅިގެން ހިލާފަށްކަމަށާއ، އދ. ގެ ވަރކިންގ ގުރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންއާއި، ހިއުމަންރައިޓްސް ކޮމިޓީ އިންވެސް ވަނީ ކުރިމިނަލް ކޯޓުގެ ނިންމުމުގައި ހުރި އިޖުރާއީ އަދި މައުޟޫޢީ ގޯސްތައް ފާހަގަކޮށް، ނަޝީދު ވަގުތުން މިނިވަންކުރުމަށް އަންގާފައިވާ ކަމަށެވެ.
ރައީސް ނަޝީދަކީ ރާއްޖޭގެ ގިނަބަޔަކު ސަޕޯޓް ކުރާ ސިޔާސީ ލީޑަރެއް ކަމަށްވާތީ އެމަނިކުފާނު ނިސްބަތްވާ ޕާޓީ އެމްޑީޕީއިންވަނީ ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަށް ބަޔާނުގައި އެދިފަވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް