ރައީސް ޔާމީންގެ ބަންދުގެ އިސްތިއުނާފު ހައިކޯޓުން ބަަލައިގެންފި
ޝަރީއަތް ނިމެންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.
އެކަން ވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒްވެސް ކަށަވަރުކޮށްދެއްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެއިން ފެށިގެން ރައީސް ޔާމީން އޮންނެވީ އައިޖީއެމްއެޗްގައި ކާޑިއެކް ސެންޓަރގައި އެނދުމަތި ކުރެވިފައެވެ.
އެމަނިކުފާނުގެ ގާނޫނީ ވަކީލުން ބުނީ ރައީސް ޔާމީން ހޮސްޕިޓަލަށް ގެނެވިފައިވަނީ އެމަނިކުފާނުގެ އެދިވަަަޑައިގަތުކަމަށް ނޫންކަމަށާއި ހޮސްޕިޓަލަށް ގެންނަކަމުގެ މަޢުލޫމާތު އެމަނިކުފާނަށް ކުރިން ފޯރުކޮށްދީފައިނުވާކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް