N/A
N/A
ހަބަރު 06 Sep 2018 | 16:39

އައްޑޫ ސިޓީގެ ޖަގަހައެއްގައި ރޯކުރި ފަރާތާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއްވޭތޯ ތަހްގީގްކުރުމަށް އެމްޑީޕީން ގޮވާލައިފި

އައްޑޫ ސިޓީ “އެޑްވާންސް ޖަގަހަ” ރޯކޮށް އަންދާލި މައްސަލަ ކުށްވެރިކޮށް، މިކަން ކުރި މީހުންނާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއްވޭތޯ ބަލައި، ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ޙާޒިރުކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން (އެމްޑީޕީ)އިން ގޮވާލައިފި އެވެ.

އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީ ފޭދޫ އެޑްވާންސް ޖަގަހައިގައި ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހުޅު ޖެހުމުގެ ސަބަބުން އެއިމާރާތްވަނީ ބޭނުންނުކުރެވޭ މިންވަރަށް އަނދާ، ވިރާނާވެފައިވާ ކަމަށެވެ. މީގެ ސަބަބުން ލިބުނު ގެއްލުން 5 ލައްކަ ރުފިޔާއަށް އަރާނެކަމަށް އަންދާޒާކުރެވޭ ކަމަށް އެމްޑީޕީންގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ، މީގެކުރިންވެސް އައްޑޫ ސިޓީ މީދޫގައި އަޅާފައިހުރި “ނިންމާ ޖަގަހަ”އިގެ ބިއްލޫރިގަނޑު ތަޅާލައިފައިވާކަމަށާއި އަދި މޫނު ނިވާކޮށްގެން ތިބި ބަޔަކު، އައްޑޫ ސިޓީ މަރަދޫގައި ހުންނަ އެޕާޓީގެ އޮފީހަކަށްވަދެ ތަނުގައި ތިބި މީހުންނަށް އެކިވަރުގެ ހާނިއްކަކޮށްފައިވާ ކަމަށެވެ. މިއިން އެއްވެސްކަމެއް އެދެވޭގޮތެއްގައި ބަލާ، ތަޙްޤީޤުކޮށް، ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރެވިފައިނުވާކަމަށް އެޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެޑްވާންސް ޖަގަހަ ރޯކޮށްލުމާއި، އެހެނިހެންވެސް މިބާވަތުގެ ޖަރީމާތަކަކީ ބަޔަކު އަޑީގައި ތިބެ، ދުރާލާ ރާވާއިގެން، ރިޔާސީ ކެމްޕޭނަށް ހީނަރުކަން ގެނައުމަށާއި، ކެމްޕޭނުގެ ޙަރަކާތްތެރިންނަށް ބިރު ދެއްކުމަށް ހިންގާ ނޭއްގާނީ ޖިނާޢީ ޢަމަލުތަކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ އެއަމަލަކީ ސެޕްޓެންބަރު 23، 2018 ގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ސޯލިޙަށް ތާއީދާއި، ތަރުހީބު ހަޖަމުކުރުމަށް ދަތިވާ ބަޔަކު ހިންގާ ވިޔަޔާނުދާ ކަންތައްތަކެއް ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކަންމިހެން ހުރިއިރު އެޕާޓީ އާއި، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އެކުވެ އުފައްދާފައިވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަން ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކުރެވޭ ކެމްޕޭނަށް ހުރަސްއެޅުމަށް ހިންގަމުންގެންދާ ޤާނޫނާ ޚިލާފު ޢަމަލުތައް ހުއްޓާލައި، ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ޙައްޤު އެންމެންނަށްވެސް ހަމަހަމަކަމާއެކު ލިއްބައިދިނުމަށް ސަލާމަތީ ޚިދުމަތްތަކާއި، އިލެކްޝަންސް ކޮމިޝަނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެޑްވާންސް ޖަގަހަ ރޯކޮށްލުންފަދަ މާލާއި، ޖާނަށް ގެއްލުންވާ މަގުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ދެކޮޅަށް ހިންގަމުންގެންދާ އަނިޔާވެރި ޖަރީމާ ތަޙްޤީޤުކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދޭންޖެހޭ ޤާނޫނީ ޙިމާޔަތާއި، ރައްކާތެރިކަން، ފިކުރުގެ ތަފާތުތަކަށް ބެލުމެއްނެތި ލިއްބައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށާއި، ސަރުކާރަށް  އެމްޑީޕީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު
03 Nov 2026 ހަބަރު

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު

"އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރާން ޖެހެނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށްކަން" ނަސްރުގެ ދުވަހުގެ އިބްރަތްތައް ހަނދާންކޮށްދެއްވާ ވަޒީރު ވިދާޅުވި އެެވެ.

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް
03 Nov 2026 ހަބަރު

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ފަސް ބޭފުޅަކަށް މިރޭ އަރުވައިފި އެވެ.

ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް: ރައީސް
03 Nov 2026 ހަބަރު

ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް: ރައީސް

"ޤައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަން. ޤައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާޖައްވެރިކަން" ރައީސް ވިދާޅުވި އެވެ.

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ
03 Nov 2026 ހަބަރު

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ

ދެކުނު އޭޝިއާ ސަރަޙައްދުގެ ގަދަ 400 ޔުނިވަރސިޓީގެ ތެރޭގައި ވެސް އެމް.އެން.ޔޫ ވަނީ ޖާގަ ހޯދާފައެވެ

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި
03 Nov 2026 ހަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި

އާނު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ
03 Nov 2026 ހަބަރު

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ

އެގޮތުން މި ދައުރުގައި މިހާތަނަށް 806 ޒުވާނުން ސިފައިންގެ ވަޒީފާއަށް ނިކުމެފައިވާ ކަމުގައި ވިދާޅުވި އެވެ.

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް
03 Nov 2026 ހަބަރު

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް

މި އަހަރުގެ އަސްކަރީ ހުށައެޅުންތައް ބަލާލުމަށްވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެވެ.

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް-  ޗީފް އޮފް ޑިފެންސް ފޯސް
03 Nov 2026 ހަބަރު

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް- ޗީފް އޮފް ޑިފެންސް ފޯސް

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. މިގޮތުން ޑްރޯންތަކަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެއްކަން އެމަނިކްފާނު ފާހަގަކުރެއްވިއެވެ.