އިންތިހާބީ ބާތިލްކުރުން: ޝަރީއަތް މިއަދަށް ނިންމާލައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ރައީސް ޔާމިން ހުށަހެޅުއްވި ދުސްތޫރީ މައްސަލަަަައިގަ މިއަދު މެންދުރު 1:00 އަށް ތާވަލްކުރެވިފައިވާ އަޑުއެހުން ސުޕްރީމް ކޯޓު މިއަދަށް ނިންމާލައިފިއެވެ.
އަދި އިތުރު އަޑުއެހުމެއް މާދަމާ ހެނދުނު 10:30ގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
ނިމިދިޔަ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ރައީސް ޔާމީން ނާކާމިޔާބު ވުމުން އެކަން ގަބޫލު ކުރައްވާ އިއުލާން ކުރެއްވުމަށްފަހު އިންތިހާބަގައި މައްސަލަތަކެއް އެބަހުރިކަމަށް ވިދާޅުވެ އިންތިހާބާއި ގުޅޭ ދުސްތޫރީ މައްސަލައެށް ސުޕްރީމް ކޯޓަށް ވެއްދީ ނިމިގެން ދިޔަ ހަފްތާގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް