އިލްހާމާއި ސައުދުﷲގެ ގޮނޑީގެ މައްސަލަ ސުޕްރީމްކޯޓްގައި ތާވަލްކޮއްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ގޮނޑި ގެއްލުވާލާފައިވާ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދަށް ތާވަލްކޮށްފި އެވެ.
މިދެމަންބަރުނާއިއެކު ބާރަމެންބަރުން ގޮނޑިގެއްލެން ދިމާވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގަރާރުގައި ސޮއި ކުރެއްވީމައެވެ. އަދި އެ ގަރާރުގައި ކުރެއްވި ސޮއި އަނބުރާ ނަގަން ޕީޕީއެމްއިން އަންގާ، ސޮއި ނުނެގުމުން ޕާޓީއިން ވަނީ ސުލޫކީ ފިޔަވަޅު އަޅާ އެ ޕާޓީއިން މެންބަރުން ވަކިކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނަށް އިލެކްޝަން ކޮމިޝަންއަށް ހުށައެޅުއްވީއެވެ.
ނަމަވެސް އިލެކްޝަން ކޮމިޝަނަށް އެމައްސަލަ ހުށައެޅުއްވިއިރު އެ ބާރަ މެންބަރުން ވަނީ ޕީޕީއެމް އިން ވަކިވާންހުށައަޅުއްވާފައެވެ. އަދި މި މައްސަލަ ހުށަހެޅީ ފްލޯ ކްރޮސިންގެ ހުކުމުގެ ކުރިންނެވެ.
ފްލޯ ކްރޮސިންގެ ހުކުމުގެ ދަށުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ ހުކުމް ނެރުނު ދުވަހުގެ ފަހުން އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ބަދަލުވެއްޖެނަމަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް