އާމްދަނީ ނުލިބޭ ފަރާތްތަކަށް ފައިސާ ލިބެންދެން ހިލޭ ބޯހިޔާވަހިކަން ލިބޭނެ: ރައީސް ސޯލިހު
ބޯހިޔާވަހިކަން ނެތްފަރާތްތަކުގެ ތެރެއިން އާމްދަނީ ނުލިބޭ ފަރާތްތަކަށް އާމްދަނީ ލިބެންދެން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މި ބީދައިން ވިދާޅުވީ އާޓިފިޝަލް ބީޗްގައި އޮތް އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު ބެހިފައިވަނީ ތިންބަޔަކަށް ކަމަށެވެ. އެގޮތުން އެ ތިން ބަޔަކީ އާމްދަނީ ލިބެންދެން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ ފަރާތްތަކަށް އެހީތެރިވުމާއި އަދި ފަސޭހައިން ފްލެޓް ލިބޭޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުންވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހަރަދުތަކެއް ކޮށްފައިވާ ކަަމަށާއި ނަމަވެސް ހުޅުމާލޭގައި ހަދާ ފްލެޓްތަކަކީ އިންސާނުން އުޅުމަށް ކަމުދާ ގޮތަށް ހަދާފައިވާ ފްލެޓްތަކެއް ނޫން ކަމަށެވެ.
"500 އަކަ ފޫޓް ތެރޭ، ތިން ކޮޓަރީގެ އެޕާޓްމަންޓެއް ހަދާއިރު، ކޮޓަރިއެއްގެ ބޮޑުމިނަކީ އަށް ފޫޓް، ނުވަ ފޫޓް. އެތާ އެތެރެއަށް އެނދެއްލުމަށްފަހު، ދެން ނެތް އަލަމާރިއެއް ބަހައްޓާނެ ތަނެއް. މީއެއް ނޫން ބޯހިޔާވަހިކަން ފޯރުކޮށްދުނުމަށް ސަރުކާރަކުން ކަން ކުރަން ޖެހޭ ގޮތަކީ،"، ރައީސް ސޯލިހު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް