މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް ދެއަކުން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ލުބޯމާގެ / މާލެ، އަހްމަދު ޙަމްދާން (26އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ރޭ ހުޅުމާލެ ފޭސް ދޭއް ފުލުހުން ޕެޓްރޯލުކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފަ އެވެ.
އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ސެލޯފިން ކޮޅެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޙަމްދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް