ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ މަގާމުން ވަކިވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯގޭޖެސް، ސޭވިންސް، އަދި އިންޝުއަރަންސްގެ މަސައްކަތް ކުރާ އިނގިރޭސިވިލާތުގެ ފައިނޭންޝިއަލް އިންސްޓިޓިއުޓެއް ކަމަށްވާ ލީކް ޔުނައިޓެޑް ބިލްޑިންގ ސޮސައިޓީގެ ސީއީއޯކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިހާރުގެ ސީއީއޯ އެންޑްރޫ ހީލީ އައްޔަނުކޮށްފިއެވެ.
2014 ވަނަ އަހަރުން ފެށިގެން ބީއެމްއެލްގެ ސީއީއޯކަން ކުރަމުން އަންނަ އެންޑްރޫ ހީލީ އެ މަގާމުގައި ހުންނަވާނީ އަންނަ ނޮވެންބަރު މަހުގެ ނިޔަލަށެވެ.
މާލީ ދާއިރާގައި 25 އަހަރު ހޭދަކޮށްފައިވާ އެންޑްރޫ ހީލީ ވަނީ 10 އަހަރަށްވުރެ ގިނަ ދުވަހު ސީއީއޯ އަދި ބޯޑު ލެވަލްގައި މަސައްކަތް ކޮށްފައެވެ.
އޭޝިއާ އަދި ޔޫރަޕުގެ މާލީ އިދާރާތަކުގައި މާތީ މަގާމުތަކެއް ފުރުއްވާފައިވާ އެންޑްރޫ ހީލީ މިހާރުވެސް އަންނަނީ އޭޝިއަން ބޭންކިން އެސޯސިއޭޝަނުގެ ބޯޑް ޑިރެކްޓަރުކަން ކުރައްވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް