ލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ސޯލިހު
އަވަށްޓެރި ސްރީލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެެރިވެ ވަޑައިގަންނަވާގޮތަށް ހަަމަޖެހިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ދައުވަތަކަށް އަންނަ ފެބްރުއަރީ މަހުގެ ތިނަކުން ފަހަކަށް، ރައީސުލްޖުމްހޫރިއްޔާ ފުރަމާނަ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިއީ ރައީސްކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެމަނިކުފާނު ސްރީލަންކާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް