ގިނަ އޮފީސްތަކުން ކޮމިޓީތަކަށް ވަރަށްބޮޑަށް އެއްބާރުލުން ދެއްވާ: މާރިޔާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިއްތިހާދުގެ ފަރާތުން ޓްރާންސިޝަން ކޮމިޓީގެ ބޭފުޅުން ސަރުކާރު އޮފީސްތަކާ ތަންތަނަށް ޒިޔާރަށް ކުރަމުން ގެންދަނީ އެތަންތަނުގެ މަސައްކަތްތަކާއި މެންޑޭޓްތަށް ދެނެގަތުމަށާއި އެތަންތަނާ އެބޭފުޅުން ހަވާލުވާއިރު ތައްޔާރުވުމަށް ޓަކައި ކަމަށް އިންތިހާބީ ރައީސްގެ ސްޕޯކްސް ޕާސަން މާރިޔާ ވިދާޅުވެއްޖެއެވެ.
މިކޮމިޓީތަށް އެކުލާވާލެވިފައިވަނީ އިއްތިހާދުގެ ހިމެނޭޭ ޕާޓީތަކުގެ ބޭފުޅުން ހިމަނައިގެން ޓެކްނިކަލް އަދި ސިޔާސީ ބޭފުޅުންނާ މަޝްވަރާ ކޮށްގެން ކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި ގިނަ އޮފީސްތަކުން ކޮމިޓީތަކަށް ވަރަށްބޮޑަށް އެއްބާރުލުން ދެއްވާކަމަށް ވިދާޅުވިއެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ފަރާތުން އެކުލަވާލާފައިވާ ޓްރާންސިޝަން ކޮމެޓީތަކަށް ފާޑުކިޔުންތައް އަމާޒުވުމުން އެކަމަށް އެމަނިކުފާނުގެ ފަރާތުން މާރިޔާ ވިދާޅުވީ ކޮމެޓީތަކުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އޮފީސްތަކާ ހަވާލުވެވަޑައިގަންނަވާނެ ބޭފުޅުން ނޫންކަމުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް