އިރާގު: ފޮޓޯ/ އަލް-ޖަޒީރާ
އިރާގު: ފޮޓޯ/ އަލް-ޖަޒީރާ
ދުނިޔެ 24 Aug 2024 | 05:36

ޑްރޯން ހަމަލާއެއްގައި އިރާގުގެ ދެ ނޫސްވެރިއަކު މަރުވެއްޖެ

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

އިރާގުގެ އުތުރުގައި އޮންނަ ސެމީ-އޮޓޮނޮމަސް ކުރުދިސްތާން ސަރަޙައްދުގައި ތުރުކީވިލާތުން ދިން ޑްރޯން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެކަމަށް އެ ސަރަޙައްދުގެ އިދާރާތަކުންނާއި ނޫސްތަކުން ހާމަކޮށްފިއެވެ.


މި ހަމަލާ ދީފައިވަނީ ހުކުރު ދުވަހުކަމަށް ބުނެފައިވާއިރު، މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ދެ ނޫސްވެރިން ހިމެނޭކަމަށް ވެސް ބުނެފައިވެއެވެ.

މި ހަމަލާގައި މަރުވެފައިވާ 2 ނޫސްވެރިއަކީ ސްޓާކް ޓީވީގަ އި މަސައްކަތް ކުރަމުންދާ އުމުރުން 27 އަހަރުގެ ހީރޯ ބަހާއުއްދީނާއި 40 އަހަރުގެ ގޮލެސްޓަން ތާރާ އެވެ.

އަދި ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އަށް ނިސްބަތްވާ ކާރަކަށް ސުލަމަނިއްޔާ ސިޓީ ކައިރިން ހަމަލާދީ ޕީކޭކޭގެ އިސް އޮފިޝަލަކާއި އޭނާގެ ގާޑާއި އޭނާގެ ޑްރައިވަރު މަރުވެފައިވާ ކަމަށެވެ.

ނަމަވެސް މަރުވި މީހުންގެ އަދަދު ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.
މި ހަމަލާ ދިނުމުގެ ސަބަބާ ގުޅޭގޮތުން އަދި އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި ތުރުކީ ސަރުކާރުން ވެސް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.


އިރާގުގެ ކުރުދިސްތާން ސަރަޙައްދަކީ އަމިއްލަ ވެރިކަމެއް އޮންނަ ސަރަޙައްދެއްގެ ގޮތުގައި ހިންގަމުންދާ ތަނެކެވެ. އަދި މިއީ ތުރުކީވިލާތުން އަމާޒުކޮށްގެން ގިނަ ހަމަލާތަކެއް ދެމުންދާ ސަރަޙައްދެއް ކަމަށްވެސް ރިޕޯޓުތަކުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް