N/A
N/A
ހަބަރު 02 Nov 2019 | 22:21

ބޮޑު ތުހުމަތެއް: ތުރުކީން ގިނައަދަދެއްގެ ދިވެހިން ބްލެކްލިސްޓްކޮށްފައިވޭ

ތުުރުކީގެ ކަމާއިބެހޭ ފަރާތްތަކުން ގިނައަދަދެއްގެ ދިވެހިން ބްލެކްލިސްޓްކޮށްފައިވާކަމަށް ތުހުމަތުކޮށްފިއެވެ.

މިފަދައިން ތުހުމަތުކޮށްފައިވަނީ ގަތަރުގެ މަޝްހޫރު ޓީވީ ޗެނަލެއްކަމުގައިވާ އަލްޖަޒީރާގެ "ވަން އޯ ވަން އީސްޓް" ޕްރޮގްރާމުން ދިވެހިރާއްޖޭގައި ހަރުކަށި ފިކުރުތައް ބާރުމިނެއްގައި ފެތުރި، ގިނަ އަދަދެއްގެ ދިވެހިން ސީރިޔާއަށް ގޮސްފައިވާކަމަށްބުނެ ނެރުނު އެޕިސޯޑެއްގައެވެ. މި އެޕިސޯޑް ނެރެފައިވަނީ އޮކްޓޯބަރ މަހުގެ 31ވަނަ ދުވަހުގައެވެ.

މި ޕްރޮގްރާމްގައި ތުރުކީގެ ކަމާއިބެހޭ ފަރާތްތަކާއި ހަވާލާދީ  ބުނެފައިވާ ގޮތުގައި އެގައުމުން ވަނީ ހަނގުރާމަ ހިނގާ ސަރަހައްދުތަކާއި ގުޅުން އޮތްކަމުގެ ތުހުމަތުގައި 25ދިވެއްސަކު ޑީޕޯޓްކޮށްފައެެވެ. މީގެ އިތުރުން އެގައުމުން 134 ދިވެއްސަކު ބްލެކްލިސްްޓްކޮށްފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ ކުރިން ޗެނަލް ނިއުސް އޭޝިޔާއިން ތައްޔާރުކުރި ޑޮކިއުމެންޓްރީއެއްގެ މަންޒަރުތައްވެސް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި އެޕިސޯޑްގައި ބުނާގޮތުގައި އެކި ސަބަބުތަކާއި ހުރެ ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ދަނީ ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދަމުންނެވެ.

އެގޮތުން މިކަމަށް ބާރުދިނުމަށް މި އެޕިސޯޑްގައި ވަނީ ގިނަ އަދަދެއްގެ ފަރާތްތަކެއްގެ އިންޓަރވިއުވެސް ހިމަނާފައެވެ.

އޭގެ ތެރޭގައި މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާއިލް، ދިއްދޫ ކައުންސިލްގެ ކުރީގެ ރައީސް އަލީ ހާޝިމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސީރިޔާއަށްގޮސް މަރުވިކަމަށް ބުނާ ދިވެހި ޒުވާނެއްގެ މަންމަ، ސީރިޔާއަށް ދިޔަކަމަށް ބުނާ ދިވެއްސެއްގެ ރަހުމަތްތެރިން، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ފަދަ ފަރާތްތައް ފާހަގަކޮށްލެވެއެވެ.

މި ޕްރޮގްރާމްގެ ތުހުމަތުތަކާއި ގުޅިގެން ދިވެހި ސަރުކާރުން މިހާތަނަށް ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ. ވަން އޯ ވަން އީސްޓް އަކީ އޭޝިޔާ އަދި ޕެސިފިކް ސަރަހައްދުގައި ހިނގަމުންދާ މުހިންމު ކަންކަމުގެ މައްޗަށް ކުރެވޭ ތަހުގީގީ ނޫސްވެރިކަމަށް ބިނާކޮށް ތައްޔާރުކުރެވޭ ޕްރޮގްރާމެކެވެ. މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަންޕޫރުގައިވާ އަލްޖަޒީރާގެ ބިއުރޯއިން ގެނެސްދެވޭ މި ޕްރޮގްރާމަކީ ގިނަ އަދަދެއްގެ އެވޯޑް ހޯދާފައިވާ އާންމުންގެ މެދުގައި މަގުބޫލު ޕްރޮގްރާާމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...