މީގެ ތިން ދުވަސްކުރީން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު ފެނިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"އިން ކަނޑަށް ވެއްޓި ހޯދަމުންދިޔަ މީހާގެ ހަށިގަނޑު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ކ. ފޭދޫފިނޮޅުގެ ދެކުނުން ކަމަށެވެ. ހަށިގަނޑު ފެނުނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނަށެވެ. އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައި ކަމަށް ވެސް ބުންޏެވެ.
އެ މީހާ އެ ބޯޓުން ވެއްޓުނީ މީގެ ތިން ދުވަސް ކުރީންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް