N/A
N/A
ހަބަރު 07 Nov 2018 | 08:55

ކޮންސެޓް އަދި ޕާޓީތައް ކުލަ ރޮދިން ސަޅިކޮށްލި ޝަމްޒޫނާގެ ތްރެޑްސް

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ދިވެހި ވިޔަފާރީގެ މައިދާނުގައި އެންމެ ހީވާގިކޮށް ހަރަކާތްތެރިވާ އެއް ފަރާތަކަށް ވާނީ ހަމަގައިމުވެސް އަންހެން ކަނބަލުންނެވެ. ކުންފުނިތަކުގެ ސީއީއޯތަކުން ފަށައިގެން ލޯކަލް މާރުކޭޓުގައި އުނގު ވިޔަފާރި ކުރުމާއި ހަމައަށް އަންހެން ކަނބަލުން ދަނީ ހީވާގިކޮށް ހަރަކާތްތެރި ވަމުންނެވެ. ވާދަވެރި ވިޔަފާރީގެ މާހައުލެއްގައި އަންހެން ކަނބަލުން ހަރަކާތްތެރި ވަމުންދާއިރު، މީގެ ތެރެއިން ގިނަ ފަރާތްތަކަކީ ގޭގައި ތިބެގެން މަސައްކަތްކޮށް، އާމްދަނީ ހޯދަމުންދާ ފަރާތްތައް ކަން ފާާހަގަކޮށްލެވެއެވެ.

މިގޮތުން މިއަދުގެ ރިޕޯޓްގައި މި ބަލާލަނީ މިފަދަ ހީވާގި އަދި ކުޅަދާނަ އަންހެން ކަނބަލަކަށެވެ. އެކި ކުލަތަކުގެ ރޮދިންނާއި ފޮތިން ހެދުންތައް ފަހަމުން ގެންދާ ޝަމްޒޫނާ ލަބީބަށެވެ.

ވޮއިސްއަށް ދިން ހާއްސަ އިންޓަރވިއު އެއްގައި ޝަމްޒޫނާ ވަނީ އޭނާ ވިޔަފާރީގެ ދުނިޔެއަށް ވަންގޮތް، ތަފްސީލާއި އެކު ހިއްސާކޮށްފައެވެ.

ޝަމްޒޫނާއާއި އޭނާގެ ފިރިމީހާގެ ކައިވެންޏަށް ލިބުނު އަލަތު ދަރިފުޅާއި އެކު ޝަމްޒޫނާ ނިންމީ، ދަރިފުޅުގެ ގާތުގައި ހުރެގެން އާމްދަނީ ލިބޭނެ މަސައްކަތެއް ފަށާށެވެ.

“ކުރާނެ މަސައްކަތަކާއި މެދު ވަރަށް ގިނަ ދުވަހު ވިސްނުމަށްފަހު ހިތަށް އެރީ ރަށުގައި އަދި ނެތޭ އަލަށް އުފަންވާ ކުދިންގެ އެއްޗެހި ފަހާ މީހެއް. އެހެންވެ ނިއުބޯންގެ އެއްޗެހި ފަހަން ނިންމައިގެން ފެށީ" ޝަމްޒޫނާ ބުންޏެވެ.

ޝަމްޒޫނާާ އިތުރަށް ބުނި ގޮތުގައި އޭނާގެ މަންމައަކީ އެރަށުގެ މަޝްހޫރު ފަހާ މީހަކަށް ވުމުން، އޭނާ ބޭނުންވީ ފަހާނަމަ މަންމައާއި ތަފާތުގޮތަކަށް އެކަން ކުރާށެވެ.

އެގޮތުން ޝަމްޒޫނާ ފެހި ހެދުންތައް އެންމެ ފުރަތަމަ އޭނާ ޕޯސްޓްކުރީ އޭނާގެ އަމިއްލަ ސޯޝަލް މީޑިޔާގައެވެ. އެ ހެދުންތަކަށް އޭނާގެ ރައްޓެހިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދިޔަ އިރު، ރައްޓެހިންގެ ހެދުންތައްވެސް ފަހަން ލިބުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ވަކިން ޕޭޖެއް ހަދައި، ވިޔަފާރި އާ އުސްމިނަކަށް ގެންދިއުމެވެ.

ތްރެޑްސް ނަމުގައި ހުޅުވާފައިވާ މި ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖަށް ބޮޑު ތަރުހީބެއް ލިބޭކަމަށް އޭނާ ވަނީ ބުނެފައެވެ.

ސްކޫލް ކޮންސެޓް / ޕާޓީ ތަކަށް ހާއްސަ ހެދުން ތައްޔާރުކުރުން!

ތްރެޑްސް ޕޭޖުން ލިބޭ އުފެއްދުންތަކަށް ބަލާލާއިރު، ހުރިހާ ވައްތަރެއްގެ އަންހެން ހެދުން، ހުރިހާ އުމުރަކާއި ގުޅޭގޮތަށް ލިބެން ހުރެއެވެ. އަދި އެ ހެދުންތަކާއި ގުޅޭގޮތަށް ބޮލުގައި އަަޅާ ބޭންޑާއި ބޫޓުވެސް ހަދައިދޭކަމަށް ޝަމްޒޫނާ ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުންވެސް އަލަށް ފޮތުގައި ގަނޑު ލައްވައިދިނުމުގެ ހިދުމަތް ފައްޓާފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފޭސްބުކް ޕޭޖް މެދުވެރިކޮށް، ޝަމްޒޫނާގެ ފަރުމާތަކުގައި ދެންއަޅައިގަތީ ސްކޫލްތަކުންނެވެ. އެގޮތުން އޭނާ ވަނީ ސްކޫލްތަކުގައި ކުރިއަށް ގެންދާ ކޮންސެޓް އައިޓަމްތަކަށް ވެސް ހެދުން ތައްޔާރުކުރަމުނެވެ. ސްކޫލްތަކުން މިހާރުވެސް އޯޑަރު އަންނަކަމަށް އޭނާ މައުލޫމާތު ދިނެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ހުޅުމާލެއަށް ހިޖުރަކުރި ޝަމްޒޫނާ މި މަސައްކަތް ކުރާތާ ގާތްގަނޑަކަށް ފަސް އަހަރު ވެދާނެކަމަށް ޝަމްޒޫނާ ވަނީ ބުނެފައެވެ. އައްޑޫ ސިޓީގެ ހިތަދޫއިން ހުޅުމާލެއަށް ހިޖުރަކުރި ފަހުން، ލިބޭ އޯޑަރތައް ގިނަކަމަށްވެސް ޝަމްޒޫނާ ވަނީ ބުނެފައެވެ.

ޝަމްޒޫނާ ބުނިގޮތުގައި އޭނާގެ މަސައްކަތްތައް ފުރިހަމައަށް ކުރުމުގައި އެންމެ ދަތިވާ އެއް ކަމަކީ ބޭނުންވާާާ އެއްޗެހި ހޯދުމެވެ. “ރަށުން ނުލިބޭ އެއްޗެހި ހަމަ މާލެއިން ގަންނަނީ. އަބަދުވެސް ފިރިމީހާގެ އެއްބާރުލުން ވަރަށް ލިބޭ. މާާލެއިން ގަނެދޭން ޖެހޭ އެއްޗެހި ގަނެދޭނެ. މިހާާރުވެސް ހުޅުމާލެއަކު ނުހުރޭ އެހާބޮޑަށް ބޭނުންވާ އެއްޗެހި. އެހެންވީމަ ހަމަ މާާލެ ގޮސްފަ ގަންނަނީ”, އޯޑަރަށް ހެދުން ފެހުމުގައި ކުރިމަތިވާ އުނދަގޫތައް ޝަމްޒޫނާ ފާހަގަކުރިއެވެ. އަދި ޝަމްޒޫނާ ވަނީ އޭނާގެ ފިރިމީހާ ކޮށްދޭ މި އަގުހުރި މަސައްކަތް ފާހަގަކޮށް، ޝުކުރު އަދާާކޮށްފައެވެ.

ޝަމްޒޫނާ ބުނިގޮތުގައި އޭނާގެ ވިސްނުން މިވަގުތު ހުރީ މި މަސައްކަތް އިތުރަށް ފުޅާކުރުމަށެވެ. އެގޮތުން ވީހާވެސް އަވަހަށް ފަހާތަނެއް ހުޅުވައި، އޭނާާގެ އުފެއްދުންތައް އިތުރުކުރުމަށް ވިސްނަމުންދާކަމަށްވެސް ޝަމްޒޫނާ ވަނީ ބުނެފައެވެ. ވޮއިސްގެ ޓީމުން އަބަދުވެސް އެދޭނީ ޝަމްޒޫނާ ފަދަ ހީވާގި ކަނބަލުންނަށް ފާގަތި، އަދި އުފާވެރި ދުވަސްތަކެކެވެ.

https://www.facebook.com/threads.mv/

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...