N/A
N/A
ހަބަރު 08 Nov 2018 | 06:21

އަދާލަތު ޕާޓީ ބަދަލަކަށް!

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

އަދާލަތު ޕާޓީ އުފެދިގެން މި ފަހާއި ހަމަޔަށް އާދެވުނު އިރުވެސް ގިނަ ބަޔަކަށް އެޕާޓީ ސިފަވެފައި އޮތީ ހަމައެކަނި ދީނީ ޝިއާރު ކުރިއަރުވާ ޕާޓީއެއް ގޮތުގައެވެ. ސަރުކާރަށް ދީނީ ލަފާ އަރުވައި، ކަންކަން އިސްލާހު ކުރަން ގޮވާލާ ޕާޓީއެއްގޮތުގައެވެ.

ޝެއިޙު އިމްރާން 18 ޖުލައި 2011 ގައި ޕާޓީގެ ރައިސް ކަމުގެ ހުވާކުރުމާ ގުޅިގެން ހިންގުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން ފެށުނެވެ. މިގޮތުން ޕާޓީ ހިންގުމުގެ އެކި މަގާމުތަކަށް ހަމަ އެކަނި ދީނީ ބޭފުޅުންގެ ބަދަލުގައި އެކި ފަންނީ ބޭފުޅުން އިސްކުރަން ފެށުނެވެ.

އެމަނިކުފާނު ޒައާމަތުގައި އަދާލަތު ޕާޓީއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ޕާޓީ ގާނޫނަށް 2012 ވަނަ އަހަރު ގެނެވުނު އިސްލާހެއް ކަމުގައިވާ ޕާޓީގެ މެމްބަރުންގެ އަދަދު 10،000 ވުރެއް މަދުވާ ޕާޓީ އުވާލަން ގެނެވުނު އިސްލާހެވެ. އޭރު އަދާލަތުގެ މެންބަރުންގެ އަދަދަކީ 5804 އެވެ. އަދާލަތުން ހިންގި ކެންޕޭންތަކުން އެއަދަދު ކުޑަދުވަސް ކޮޅެއްތެރޭ ހަމަކޮށް ލެވުނެވެ.

މޭޑޭ ނަމުގައި ބޭއްވުނު ބޮޑު މުޒާހިރައިގައި ޝެއިޙު އިމްރާން ހައްޔަރު ކުރެވުމާއި ހިސާބަށް އަދާލަތު ޕާޓީ ރީފޯމް ކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން ދާއިރާތަކެއް ކަޑައެޅި އެދާއިރާތަށް ވަރުގަދަ ކުރުމުގެ ގޮތުން ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައެވެ.

މިކަމުގައި ޕާޓީގެ އިސް ބޭފުޅުންގެ އެއްބާރުލުން ޝެއިޙު އިމްރާންނަށް ވަނީ ލިބިފައެވެ. މިކަމުގެ ހެއްކަކީ ޝެއިޙު އިމްރާން ހައްޔަރު ކުރުމުންވެސް އެޕާޓީގެ ހަރަކާތަކަށް އެއްވެސް މަޑުޖެހުމެއް ނެތި ކުރިއަށް ދިޔުމެވެ.

ޝެއިޙު އިމްރާންނާއި އެބޭފުޅާގެ ޓީމްގެ މަސައްކަތުން ކުރިއާއި ހިލާފަށް މިހާރު ޕާޓީއަށް ވަނަމުންދާ ގިނަ މެންބަރުންނަކީ ފަންނީ ބެފުޅުން ކަން ފާހަގަކުރެވެއެވެ.

ކުރީގައި ހަމައެކަނި ދީނީ އިލްމުވެރިންނަށް ބިނާވެފައިވާ ޕާޓީއަށް މިހާރު ސިވިލް އިންޖިނައަރުނާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ވަޑިންނާއި، މާކެޓިންނާއި، ފައިނޭސްއާއި އަދިވެސް އިތުރު ދާއިރާތަކުގައި އުޅުއްވާ ބެފުޅުން ގުޅިވަޑައި ގަނަވަމުން ދާކަން ފާހަގަ ކުރެވެއެވެ.

މީގެކުރިން ވެސް އަދާލަތް ޕާޓީއަކީ އިލްމީ ގޮތުން ވަރަށް ހަރުދަނާ ބޭފުޅުން ލީޑް ކުރައްވަމުން ގެންދެވި ޕާޓީއެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މަރުހޫމް އަބްދުބާރީ އަބްދުﷲ އަދި ނިމިދިޔަ ރިޔާސީ އިންތިހަބުގައި ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. ޝަހީމް އަލީ ސައީދް، މިހާރުގެ ހައުސިންގ މިނިސްޓަރ ޑރ މުއިއްޒުގެ ނަން ފާހަގަކޮށްލަން ޖެހެއެވެ.

ނަމަވެސް މިބޭބޭފުޅުން ވަނީ އަދާލަތް ޕާޓީ ދޫކުރައްވައި، އެހެން ޕާޓީތަކުގެ ޕްލެޓް ފޯމް ހިޔާރު ކުރައްވާފައެވެ. ވުމާއެކު މިކަމަކީ ދެންވެސް އަދާލަތް ޕާޓީން ވިސްނައި އިސްލާހު ކުރަން ޖެހޭކަމެެކެވެ. އިލްމީ ބޭފުޅުންން ޕާޓީގައި ހަރުލައްވައި، ޕާޓީގައި ބޮޑަށް ޝާމިލް ކުރުމުގެ ވިސްނުން ނެރެން ޖެހެއެވެ.

އަދާލަތް ޕާޓީއަކީ ސަރުކާރުގެ ދީނީ ސްްލޮޓް ފުރަން އޮންނަ ޕާޓީއެއްގެ ބަދަލުގައި، އަދާލަތް ޕާޓީ އަކީ ކެބިނެޓް ގެ ހުރިހާ މަޤާމަކަށް ކުރިމަތި ލުވުމުގެ ޤާބިލް ޓީމްއެއް އޮންނަަ ޕާޓީއެއް އަކަށް ވާން ވެސް ޖެހެއެވެ.

ސިޔާސީ ގޮތުން ޕާޓީތައް ދެމި އޮންނަނީ ސިޔާސީ ކުރިމަގަށް އަޅާ ހަރުދަނާ ފިޔަވަޅުތަކެއްގެ މައްޗަންކަން ފާހަގަކޮށްލަނަޖެހެއެވެ. އަދާލަތް ޕާޓީ އަކީ ހަށިފޮޅާފައި އިންތިހާބު ތަކުގައި ވާދަ ކޮށްލެވޭ ޕާޓީއަކަށް ވެގެން ނޫނީ ސިޔާސީ މަޝަރަހްގައި ކާމިޔާބީގެ އައްސޭރިއަކަށް ދިއުމަކީ ނާދިރުކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...