ސްޓެލްކޯގެ ކަރަންޓް ކޭބަލްތަކެއް ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް
މިދިޔަ އަންގާރަ ދުވަހު، ސްޓެލްކޯގެ ސަބްސްޓޭޝަނަކުން ކަރަންޓް ކޭބަލްތަކެއް ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް އެ ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:21 ހާއިރެވެ.
ކޭބަލްތައް ބުރިކޮށްލުމާއި ގުޅިގެން، މަޖީދިއްޔާ ސްކޫލު ހިމެނޭހެން ހެންވޭރު އަބަދަށްފެހި މަގާއި މެދުޒިޔާރަތް މަގު އަދި ކަޅުހުރާ މަގާއި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓު ވެސް ކެނޑުނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް