ކަރަންޓްބިލާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ސްޓެލްކޯއިން އެދެފި
ކަރަންޓު ބިލުތަކާއި ގުޅޭ ޝަކުވާތައް ހުށަހެޅުމަށް ސްޓެލްކޯއިން އެދެފިއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ބިލުތަކާއި ގުޅިގެން ހުށަހަޅަން ޖެހޭ މައްސަލަތައް އެ ކުންފުނީގެ ސާވިސް ނަންބަރު ކަމަށްވާ 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، [email protected] އަށް މެއިލް ކުރުމަށް ވެސް ސްޓެލްކޯއިން އެދެއެވެ.
ސްޓެލްކޯއިން ބުނީ، ކަރަންޓުބިލާއި ގުޅިގެން ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރު ތެރޭގައި ޖަވާބުދާރީވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސްޓެލްކޯއިން މިފަދައިން އެދިފައިވަނީ، އެ ކުންފުނިން އެންމެ ފަހުން ފޮނުވި ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވި މައްސަލައާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް